ފޮތުގެ މަޝްހޫރު ނަން: |
الرَّدُ عَلَى الزَّنَادِقَةِ وَالجَهْمِيَّةِ (ޒިންދީޤުންނާއި ޖަހްމީންނަށް ހުރި ރައްދު) |
ފޮތުގެ ފުރިހަމަ ނަން: |
الرَّدُ عَلَى الزَّنَادِقَةِ وَالجَهْمِيَّةِ فِيْمَا شَكّتْ فِيْهِ مِنْ مُتَشَابِهِ القُرْآنِ وتَأَوَّلَتْهُ عَلَى غَيرِ تَأْوِيْلِه |
މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: |
أَحْمَدُ بْنُ مُحَمَّد بْن حَنْبَل بْن هِلَال بْن أَسَد، الشَّيْبَانِي / ٢٤١ هـ |
މައުޟޫޢު: |
ޢަޤީދާ |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މި ފޮތަކީ ޖަހްމީންނާއި ޒިންދީޤުންގެ ޝުބުހަތަކަށް (އެބަހީ: ޖަހްމު ބުން ޞަފްވާނަށް ތަބާވި މީހުންނާއި ނިފާޤުކަން ފާޅުކުރި މީހުންގެ އޮޅުންތަކަށް) ރައްދުދެއްވައި އިމާމު އަޙްމަދު رحمه الله ލިޔުއްވި ފޮތެކެވެ. ޤުރުއާނުގައި ހުރި ތަޢާރުޟުވާ ކަންކަމުގެ ގޮތުގައި ޒިންދީޤުން ދަޢުވާކޮށްފައިވާ ކަންތައްތަކަށް އެކަލޭގެފާނު ވަނީ މިފޮތުގައި ޖަވާބުދެއްވާފައެވެ. އަދި ﷲ ތަޢާލާގެ ޞިފަފުޅުތަކުގެ ތެރެއިން ޖަހްމީން އިންކާރުކުރާ ބައެއް ޞިފަފުޅުތަކަށް އެކަލޭގެފާނު މި ފޮތުގައި ވަރަށް ރަނގަޅު ރައްދުތަކެއް ދެއްވާފައި ވެއެވެ. |