ފޮތުގެ ނަން: |
الشَّرِيْعَة (ޝަރީޢާ) ނުވަތަ كِتَابُ الشَّرِيْعَة |
މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: |
أبُو بَكْر مُحَمَّد بْن الحُسَيْن بْن عَبْدِ اللهِ، الآجُرِّيُّ، البَغْدَادِي / 360 هـ |
މައުޟޫޢު: | ޢަޤީދާ |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މި ފޮތަށް “ޝަރީޢާ”ގެ ނަމުން ނަންދެއްވާފައިވަނީ އޭގެ ޢާންމު މާނައިގައެވެ. އެއީ އިސްލާމީ ޝަރީޢާގެ ޢާންމު މާނައިގައި ޢަޤީދާވެސް ހިމެނިގެންވާތީއެވެ. މުޅި މި ފޮތުގައިވެސް އަލިއަޅުއްވާލައިފައިވަނީ ޢަޤީދާއާ ގުޅުން ހުރި ކަންކަމަށެވެ. އެކަންކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ޤަބޫލުކުރާ ގޮތާ އަދި ޙައްޤު މަގުން އެއްކިބާވެގެން ދިޔަ މީހުންގެ ޢަޤީދާތަކާއި އެބައިމީހުންނަށް ހުރި ރައްދުތައްވެސް ބަޔާންކުރައްވާފައި ވެއެވެ. ޢަޤީދާއާ ގުޅުން ހުރި ވަރަށް ގިނަ ސުރުޚީތަކަށް މި ފޮތުގައިވަނީ އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި: އީމާންކަމާއި ކުފުރާއި ގުޅުންހުރި މައްސަލަތަކާއި ޣައިބުގެ ކަންކަމަށް އީމާންވުމާއި ޤަޟާޤަދަރާއި ޞަޙާބީ ބޭކަލުންނާއި އިމާމަތާއި އަހްލުބައިތުންނާއި ގުޅުންހުރި ޙުކުމްތައް ހިމެނެއެވެ. މި ފޮތުގައިވާ ރިވާޔަތްތައް ބަޔާންކުރައްވާފައިވަނީ އޭގެ ސަނަދާ އެކުގައެވެ. |