[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

شرحُ أُصولِ اعتقادِ أَهلِ السُّنّةِ والجَمَاعةِ للَّالِكَائِي

ފޮތުގެ މަޝްހޫރު ނަން:

شرحُ أُصولِ اعتقادِ أَهلِ السُّنّةِ والجَمَاعةِ

(އަހްލުއް ސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާގެ އުޞޫލުތައް ޝަރަޙަކުރުން)

ފޮތުގެ ފުރިހަމަ ނަން:

شرحُ أُصولِ اعتقادِ أَهلِ السُّنّةِ والجَمَاعةِ مِنَ الكِتَابِ والسُّنّةِ وإجْمَاعِ الصَّحَابَةِ والتَّابِعِينَ مِنْ بَعْدِهِمْ

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أبُو القَاسِمُ هِبَةُ اللهِ بنُ الحَسَنِ بنِ مَنْصُوْر، الطَّبَرِي، اللَّالِكَائِي / 418 هـ

މައުޟޫޢު: ޢަޤީދާ
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

މި ފޮތަކީ ޙަދީޘް ޢިލްމުވެރިންގެ މަންހަޖަށް، ސުންނަތް ޖަމާޢަތުގެ ޢަޤީދާ ބަޔާންކޮށްފައިވާ ފޮތެކެވެ. މި ފޮތުގައިވާ ރިވާޔަތްތައް ގެންނަވާފައިވަނީ ސަނަދާ އެކުގައެވެ. މުއައްލިފުގެ ޒަމާނުގައި މީސްތަކުން ޚިލާފުވެފައިވާ ޢަޤީދާގެ މައްސަލަތަކުގައި އަހުލުއްސުންނާގެ ބޮޑެތި އިމާމުންގެ ގިނަ ބަސްފުޅުތަކެއް އެކަލޭގެފާނު ވަނީ މި ފޮތުގައި ގެނެސްދެއްވާފައެވެ. އޭގެ ތެރޭގައި: ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާ ގުޅުން ހުރި ކަންކަމާއި ޤަޟާ ޤަދަރާ ގުޅުން ހުރި މައްސަލަތަކާއި މުރުޖިއާއިންގެ ނުބައިކަމާ އަދި މިފަދަ އެތައް މައުޟޫޢުތަކެއް ވެއެވެ. މިއީ ސުންނަތް ޖަމާޢަތުގެ ޢަޤީދާގައި ލިޔެފައިވާ ފޮތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ފޮތެވެ. އަދި އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި ވަރަށް ގިނަ ޢިލްމުވެރިންވަނީ މި ފޮތުން ފައިދާ ޙާޞިލުކުރައްވާފައެވެ.