[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

جَامِعُ التِّرْمِذِي / سُنَنُ التِّرْمِذِي

ފޮތުގެ ނަން:

جَامِعُ التِّرْمِذِي (ތިރުމިޛީގެ ޖާމިޢު) ނުވަތަ سُنَنُ التِّرْمِذِي (ތިރުމިޛީގެ ސުނަނު)

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أَبُوْ عِيْسَى مُحَمَّد بْن عِيْسَى بْن سَوْرَة بْن مُوْسَى بْن الضَّحَّاك السّلَمِي، التِّرْمِذِي/ 279 هــ

މައުޟޫޢު: ޙަދީޘް
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

ތިރުމިޛީ رحمه الله މި ފޮތް ތަރުތީބުކުރައްވާފައިވަނީ ޖާމިޢު ފޮތްތަކުގައި ހުންނަ ގޮތަށް، ބާބުތަކެއްގެ މައްޗަށެވެ. އެބާބުތަކުގައި ޙުކުމްތަކާއި އެނޫން ކަންތައްތައްވެސް ގެނެސްފައިވެއެވެ. އަދި ކޮންމެ ބާބެއްގައިވެސް ސުރުޚީގެ ގޮތުގައި ގެންނަވާފައިވަނީ އެ ގެނެސްދޭން ބޭނުންވާ މަސްއަލައެކެވެ. ނުވަތަ އެ ޙުކުމެއް ބަޔާންކުރެއްވުމަށްޓަކައި އެ ޙަދީޘް ގެނެސްދޭ ޙުކުމުގެ ވާހަކައެވެ. ކޮންމެ ބާބެއްގައިވެސް ޙަދީޘެއް ނުވަތަ ދެ ޙަދީޘެއް ގެންނަވާފައި ދެން ގެންނަވަނީ އެ ޙަދީޘާ މެދު ފިޤުހުވެރިންގެ ރައުޔާ އަދި އެ ޙަދީޘް ޞައްޙަކުރެއްވުމާއި ޙަސަންކުރެއްވުމާ އަދި ޟަޢީފުކުރެއްވުމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަދި ޙަދީޘްގެ ސަނަދުގެ ދަރަޖައާއި އޭގައި ހުރި ޢިއްލަތްތަކާ (ފޮރުވިފައިވާ މައްސަލަތަކާ) ބެހޭގޮތުން އެކަލޭގެފާނު ވާހަކަދައްކަވާފައި ވެއެވެ. އަދި ޙަދީޘް އައިސްފައިވާ މަގުތައް ބަޔާންކުރައްވާފައި ވެއެވެ. ޢިލްމުވެރިންވަނީ މިފޮތް ރިވާކޮށް، އަޑުއަހާ އަދި ނަޤުލުކުރެއްވުމުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އަދި މި ފޮތުގެ އެކި ޗާޕުތަކުގައި ހުރި ތަފާތުތަކަށް ވަރަށް ކުރީއްސުރެވެސް އެބޭކަލުންވަނީ އަހަންމިއްޔަތުކަން ދެއްވާފައެވެ.