[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سُنَنُ النَّسَائِي

 

ފޮތުގެ މަޝްހޫރު ނަން:

سُنَنُ النَّسَائِي (ނަސާއީގެ ސުނަނު)

ފޮތުގެ ފުރިހަމަ ނަން:

المُجْتَبَى (ޚިޔާރުކުރައްވާފައިވާ ޙަދީޘްތައް) ނުވަތަ السُّنَنُ الصُّغْرَى (ސުނަނުގެ ކުޑަ ފޮތް)

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أبُو عَبْدُ الرَّحْمن أَحْمَد بْن شُعَيْب بْن عَلِيّ بْن بَحْر، النَّسَائِي / 303 هــ

މައުޟޫޢު: ޙަދީޘް

ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

ނަސާއީ رحمه الله މި ފޮތް ތަރުތީބުކުރައްވާފައިވަނީ ފިޤުހީ ބާބުތަކުގެ މައްޗަށެވެ. އަދި ޙަދީޘްތަކުން ނެގޭ ފިޤުހީ ޙުކުމުގެ މައްޗަށް ބާބުތަކަށް ނަންދެއްވާފައި ވެއެވެ. އެގޮތުން ބައެއް ފަހަރު އެއް ޙަދީޘެއް ތަފާތު ލަފްޒުތަކުން ވާރިދުވެފައިވާނަމަ ބާބުގެ ނަން ތަފާތުކުރައްވާފައި ވެއެވެ. ބާބުތަކުގެ ދަށުން ޙަދީޘްތައް ތަރުތީބުކުރެއްވުމުގައި ފައްޓަވާފައިވަނީ އެކަލޭގެފާނާ އެންމެ ކައިރި ސަނަދުތަކުންނެވެ. އަދި ބައެއް ފަހަރު ސަނަދުގައިވާ ރާވީންނަކީ ކޮން ބައެއްކަން އިތުރަށް ތަފްޞީލުކުރައްވައި، ޙަދީޘާމެދު ވާހަކަފުޅު ދައްކަވާފައި ވެއެވެ. މި ފޮތުގައި ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވުމަށް އެކަލޭގެފާނު ޝަރުޠު ނުކުރައްވައެވެ. މި ފޮތުގައި ޞައްޙަ ޙަދީޘާއި ޙަސަން ދަރަޖައިގެ ހަދީޘްތައް ވެއެވެ. އަދި ޟަޢީފް ޙަދީޘާއި މުންކަރު ޙަދީޘްވެސް ވެއެވެ. ނަމަވެސް އެކަލޭގެފާނުވަނީ އެފަދަ ޙަދީޘްތައް ބަޔާންކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު އެފަދަ ޙަދީޘްތައް ގެންނަވާފައިވަނީ އެ ޙަދީޘްތަކުގެ ޟަޢީފުކަން ބަޔާންކުރެއްވުމަށްކަމުގައި ބެލެވެއެވެ.