ފޮތުގެ ނަން: |
سُنَنُ ابْن مَاجَه (އިބްނު މާޖާގެ ސުނަނު) |
މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: |
أَبْو عَبْدِ اللهِ، مُحَمّد بْن يَزِيْد بْن مَاجَه/ 273 هــ |
މައުޟޫޢު: | ޙަދީޘް |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
އިބްނު މާޖާ رحمه الله އެކަލޭގެފާނުގެ ފޮތް ތަރުތީބުކުރައްވާފައިވަނީ السُّنَن ގެ އެހެނިހެން ފޮތްތައްވެސް ތަރުތީބުކުރައްވާފައިވާ ފަދައިން، ޙުކުމްތައް ބަޔާންކުރައްވާ ބާބުތަކެއްގެ މައްޗަށެވެ. އަދި އެފޮތުގައި ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތަކާ އަދި ޟަޢީފު ޙަދީޘްތައްވެސް ގެންނަވާފައި ވެއެވެ. އަދި އެފޮތުގައި ބައެއް މުންކަރު ޙަދީޘްތަކާއި މައުޟޫޢު (ބަޔަކު ހަދާފައިވާ) ޙަދީޘްތައްވެސް ވެއެވެ. އެހެނަސް އެއީ ވަރަށް މަދު މިންވަރެކެވެ. މި ފޮތުގައިވާ ޙަދީޘްތަކުގެ ޢަދަދަކީ 4341 ޙަދީޘެވެ. އޭގެ ތެރޭގައި ސަނަދު ޞައްޙަ 428 ޙަދީޘާއި ޙަސަން ދަރަޖައިގެ ސަނަދުން ގެންނަވާފައިވާ 199 ޙަދީޘާއި ޟަޢީފު ސަނަދުން ގެންނަވާފައިވާ 613 ޙަދީޘާއި އެއްވެސް ބުރަދަނެއް ނެތް ނުވަތަ މުންކަރު ނުވަތަ ދޮގުވެރިންވާ ސަނަދުން ގެންނަވާފައިވާ 99 ޙަދީޘް ހިމެނެއެވެ. ޢިލްމުވެރިންވަނީ މި ފޮތް ރިވާކުރެއްވުމާއި އަޑުއެހުމާ އަދި ނަޤުލުކުރެއްވުމަށް ސަމާލުކަން ދެއްވާފައެވެ. |