[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مُوَطَّأ مَالِك

ފޮތުގެ ނަން:

المُوَطَّأُ (މުވައްޠާ) ނުވަތަ مُوَطَّأ مَالِك (އިމާމު މާލިކުގެ މުވައްޠާ)

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أَبْو عَبْدِ اللهِ، مَالِك بْن أَنَس الْأَصْبَحِي / 179 هــ

 

މައުޟޫޢު: ޙަދީޘް
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

މިއީ ކުތުބުއްސިއްތާގެ ހަވަނަ ފޮތްކަމުގައި ބައެއް ޢިލްމުވެރިން ހިމަނުއްވާފައިވެއެވެ. އެހެނަސް މަޝްހޫރު ގޮތަކީ ކުތުބުއްސިއްތާގެ ހަވަނަ ފޮތަކީ ސުނަން އިބްނު މާޖާއެވެ. މި ފޮތުގައިވަނީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކާއި ޞަޙާބީ ބޭކަލުންނާ އަދި ތާބިޢީ ބޭކަލުންގެ ބަސްފުޅުތަކާއި ފަތުވާތަކެވެ. އެކި ބޭކަލުން މި ފޮތް ރިވާކުރެއްވިއިރު، ރިވާކުރައްވާފައިވާ ރިވާޔަތްތަކުގެ ޢަދަދު ތަފާތެވެ. އެ ތަފާތަކީ އިމާމު މާލިކުގެ އަރިހުން މި ފޮތް ރިވާކުރެއްވިއިރު އައިސްފައިވާ ތަފާތަކަށްވުން އެކަށީގެންވެއެވެ. އެކަލޭގެފާނު އަބަދުވެސް މި ފޮތް އިޞްލާޙުކުރައްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނު މި ފޮތް ލިޔުއްވައި އިޞްލާޙުކުރެއްވުމަށް ގާތްގަނޑަކަށް ސާޅީސް އަހަރު ހޭދަކުރެއްވިއެވެ. އެގޮތުން ޔަޙްޔާ އައްލައިޘީ އަލްއަންދަލުއްސީ މި ފޮތް ރިވާކުރެއްވިއިރު ވާރިދުވެފައިވާ ޙަދީޘްގެ ޢަދަދަކީ 853 ޙަދީޘެވެ. އަދި އަބޫބަކުރު އަލްއަބްހަރީ ވިދާޅުވާ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުންނާއި ޞަޙާބީ ބޭކަލުންނާ އަދި ތާބިޢީ ބޭކަލުންގެ އަރިހުން މި ފޮތުގައި ރިވާކުރައްވާފައިވާ އަޘަރުތަކުގެ ޖުމްލަ ޢަދަދަކީ 1720 އެވެ. އެއީ 600 މުސްނަދު ޙަދީޘާއި 222 މުރްސަލު ޙަދީޘާއި 613 މައުޤޫފު ޙަދީޘާއި ތާބިޢީ ބޭކަލުންގެ އަރިހުން 285 ބަސްފުޅެވެ.