[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صَحِيْحُ ابْن حِبَّان

 

ފޮތުގެ މަޝްހޫރު ނަން:

صَحِيْحُ ابْن حِبَّان (އިބްނު ޙިއްބާނުގެ ޞަޙީޙު)

ފޮތުގެ ފުރިހަމަ ނަން:

المُسْنَدُ الصَّحِيْحُ عَلَى التَّقَاسِيْمِ وَالْأَنْوَاع مِنْ غَيْرِ وُجُوْدِ قَطْعٍ فِيْ سَنَدِهَا وَلَا ثُبُوْت جَرْحٍ فِيْ نَاقِلِيْهَا

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أَبُوْ حَاتِم، مُحَمَّدُ بنُ حِبَّان بنِ أَحْمَدَ بنِ التَّمِيْمِيُّ، الدَّارِمِيُّ، البُسْتِيُّ / 354 هــ

މައުޟޫޢު: ޙަދީޘް
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

ޞަޙީޙު އިބްނު ޙިއްބާނު ފާހަގަކުރެވިފައިވަނީ މުޙައްދިޘުންގެ އުސްލޫބަށް، ފިޤުހީ އެކި މައްސަލަތަކުގައި ލިޔުއްވާފައިވާ ބޮޑު موسوعة (Encyclopedia) އެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ޙަދީޘެއްގެ ސުރުޚީގައި އެ ޙަދީޘުން ނަންގަވާފައިވާ މާނަ ވެއެވެ. އަދި ވަރަށް ގިނަ ޙަދީޘްތަކަށް ފަހު އޭގައިވާ މުހިންމު ނުކުތާތައް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އޭގައިވާ ރާވީންނާ ބެހޭ ވާހަކަތަކާ އަދި މާނަތަކާ ގުޅޭ މުހިންމު ނުކުތާތައް ވެއެވެ. އަދި އެ ޙަދީޘްތަކާ މެދުގައި މީސްތަކުންނަށް އުފެދޭ ސުވާލުތަކުގެ ޖަވާބު ވެއެވެ. އަދި މީސްތަކުންނަށް ތަޢާރުޟުވާކަމަށް ހީވެފައިވާ އެކި ޙަދީޘްތަކުން މާނަ ނަގާނެ ގޮތްވެސް ބަޔަންކޮށްދެއްވާފައި ވެއެވެ. އަދި މިނޫނަސް އަގުހުރި، މުހިންމު ނުކުތާތައް ފާހަގަކުރައްވާފައި ވެއެވެ. ހިޖުރީ ގޮތިން 8 ވަނަ ޤަރުނުގެ ކުރިން އެއްވެސް ޢިލްމުވެރިއަކު މި ފޮތަށް ޚިދުމަތްކުރައްވާފައިވާކަން އެނގޭކަށް ނެތެވެ. އެގޮތުން އެންމެ ފުރަތަމަ މި ފޮތަށް ޚިދުމަތްކުރެއްވި ބޭކަލަކަށް އެނގެން އޮތީ އިބްނު ބުލްބާން އަލްފާރިސީ رحمه الله (އަވަހާރަވީ ހިޖުރީ ގޮތުން 739 ވަނަ އަހަރުގައި) އެވެ. އިބްނު ބުލްބާން رحمه الله ވަނީ ކިޔަވާ ކުދިންނަށް ފަސޭހަވާނޭ ފަދައިން، ފޮތްތަކަކާއި ބާބުތަކަކަށް މި ފޮތް ބައްސަވާ ތަރުތީބުކުރައްވާފައެވެ.