| ފޮތުގެ މަޝްހޫރު ނަން: | مُقَدِّمَةُ ابْن صَلَاح (އިބްނު ޞަލާޙުގެ މުޤައްދިމާ) | 
| ފޮތުގެ ފުރިހަމަ ނަން: | عُلُوْمُ الْحَدِيْث | 
| މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: | أَبُو عَمْرو عُثْمَان بْن الْمُفْتِي صَلَاح الدِّيْن عَبْد الرَّحْمن بْن عُثْمَان بْن مُوْسَى الْكُرْدِي الشَهْرَزُوْرِي، الموصلي، الشافعي/ 643 هــ | 
| މައުޟޫޢު: | ޙަދީޘް | 
| ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: | މިއީ މުޞްޠަލަޙުލް ޙަދީޘްގައި ލިޔެފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ފައިދާހުރި އެއް ފޮތެވެ. އިބްނު ޞަލާޙު رحمه الله ވަނީ ކުރިން ޢުލޫމުލް ޙަދީޘްގައި ލިޔެފައިވާ ވަކިވަކި ފޮތްތަކުގައިވާ މުހިންމު ބައިތައް ޖަމާކުރައްވާ، މި ޢިލްމުގެ އެންމެ މުހިންމު ބައިތައް (ޖުމްލަ 65 ބައި) އެއް ފޮތެއްގައި ގެންނަވާފައެވެ. އެކަލޭގެފާނު މި ފޮތް އެކުލަވާލައްވާފައިވަނީ ކިޔަވާ ކުދިންނަށް މި ފޮތުން ފައިދާ ޙާޞިލުކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެހެންކަމުން މި ފޮތް ވެގެން ގޮސްފައިވަނީ ޢުލޫމުލް ޙަދީޘްގައި ލިޔެފައިވާ ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަށެވެ. ޢިލްމުވެރިންވަނީ މި ފޮތަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އެގޮތުން މި ފޮތް ޝަރަޙަކުރައްވާ، ޚުލާޞާކުރައްވާ ތަޢުލީޤުކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި: އައްޒަރްކަޝީއާއި އަލްޙާފިޡް ޢިރާޤީއާ އަދި އަލްޙާފިޡް އިބްނު ޙަޖަރު رحمهم الله ހިމެނިވަޑައިގަންނަވައެވެ. | 
 
				 
								
















