[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

فَتْحُ البَارِي لِابْن حَجَر

 

ފޮތުގެ މަޝްހޫރު ނަން:

فَتْحُ البَارِي

ފޮތުގެ ފުރިހަމަ ނަން:

فَتْحُ البَارِي شَرْح صَحِيْح البُخَارِي

ފޮތުގެ މައުޟޫޢު: ޙަދީޘްގެ ޝަރަޙަ
މުއައްލިފުގެ ނަން:

أحمد بن علي بن حجر أبو الفضل العسقلاني الشافعي

އަވަހާރަވި ތާރީޚު: 852 هــ

ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

މިއީ ޞަޙީޙުލް ބުޚާރީގެ ޝަރަޙަތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ މުހިންމު އެއް ޝަރަޙައެވެ. މިއީ އިބްނު ޙަޖަރު رحمه الله އެކަލޭގެފާނުގެ ޢުމުރުން 26 އަހަރު އެކަމުގައި ހޭދަކުރައްވައިގެން އެކުލަވާލައްވާފައިވާ ބޮޑު موسوعة (Encyclopedia) އެކެވެ. އަދި މިއީ އެކަލޭގެފާނުގެ ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮތެވެ. އެކަލޭގެފާނުވަނީ هدي الساري ގެ ނަމުގައި މި ފޮތުގެ މުޤައްދިމާއަށް ފޮތެއް ޚާއްޞަކުރައްވާފައެވެ. ޞަޙީޙުލް ބުޚާރީ ޝަރަޙަކުރެއްވުމުގައި މަޞްދަރަކަށް ބައްލަވާފައިވަނީ އެކަލޭގެފާނުގެ ކުރިން އުޅުއްވި ޢިލްމުވެރިންގެ ޝަރަޙަތަކެވެ. އަދި އެ މަޞްދަރުތަކުގެ ވާހަކަ އެކަލޭގެފާނުވަނީ ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. މި ފޮތުގައި އިބްނު ޙަޖަރު رحمه الله ވަނީ ޙަދީޘްތައް ޝަރަޙަކުރެއްވުމުގެ އިތުރުން އޭގެ ސަނަދާބެހޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އަދި ޙަދީޘްގެ ސަނަދާއި މަތަނުގައިވާ އޮޅުންއަރާފަދަ މައްސަލަތައް އޮޅުން ފިލުވައިދެއްވާފައި ވެއެވެ. އަދި ޙަދީޘްތަކުގައިވާ ބީރައްޓެހި (ޢާންމު ނޫން) ކަލިމަތަކުގެ މާނަތައް ބަޔާންކޮށްދިނުމުގެ އިތުރުން ޙަދީޘްތަކާ ބެހޭގޮތުން ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތައްވެސް ގެނެސްދެއްވާފައިވެއެވެ. މިއީ ޝަރުޢީ ޢިލްމުގައި އިސްލާމީ އުންމަތަށް ލިބިފައިވާ ވަރަށް ބޮޑު ތަރިކައެކެވެ. އަދި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله އެބޭފުޅާގެ ޕީއެޗްޑީގެ ރިސާލާ ލިޔުއްވާފައިވަނީ ފަތްޙުލްބާރީގައި ހުރި ތަފްސީރުގެ ރިވާޔަތްތަކާ ބެހޭގޮތުންނެވެ.