ފޮތުގެ މަޝްހޫރު ނަން: |
تَفْسِيْرُ الطَّبَرِي (އިބްނު ޖަރީރުއް ޠަބަރީގެ ތަފްސީރު) |
ފޮތުގެ ފުރިހަމަ ނަން: |
جَامِعُ البَيَانِ عَنْ تَأْوِيْلِ آيِ القُرْآنِ |
ފޮތުގެ މައުޟޫޢު: | ތަފްސީރު |
މުއައްލިފުގެ ނަން: |
أَبْو جَعْفَر مُحَمَّدُ بْنُ جَرِيْر بْن يَزِيْد بْن كَثِيْر بْن غَالِب الآمُلِي، الطَّبَرِي |
އަވަހާރަވި ތާރީޚު: | 310 هــ |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މިއީ ތަފްސީރު ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފޮތެވެ. ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރުގައި ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންނާއި ތާބިޢީން އަދި އަތުބާޢުއް ތާބިޢީންގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅުތައް ސަނަދާއެކު މި ފޮތުގައި ގެންނަވާފައި ވެއެވެ. އެކަލޭގެފާނުގެ ތަފްސީރުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ތަފްސީރަށް މުހިންމު ނޫން، އެކަމުގައި ފައިދާއެއް ނެތް ކަންކަން ތަފްޞީލު ނުކޮށް ދޫކޮށްލާފައި ވުމެވެ. އަދި ޢަޤީދާގައި އަހުލުއް ސުންނާއާ ޚިލާފުވާ މީހުންނަށް ރައްދުދެއްވާފައި ވުމެވެ. ނަމަވެސް އެކަލޭގެފާނުވަނީ ކަޢުބުލް އަޙްބާރާއި ވަހްބުލް މުނައްބިހު އަދި ސުއްދީފަދަ ބޭކަލުންގެ އަރިހުން ރިވާކުރައްވާފައިވާ އިސްރާއީލިއްޔާތުތައް ގެންނަވާފައިވެއެވެ. أبو حامد الإسفراييني – رحمه الله – ވިދާޅުވިއެވެ. “މުޙައްމަދު ބުން ޖަރީރުގެ ތަފްސީރު ހޯދަންވެގެން މީހަކު ސީނުކުރައަށް ދާން ޖެހުނަސް (އެބަހީ: އެހާ ދުރަށް ދާން ޖެހުނަސް) އެއީ (އެ ފޮތުގެ މުހިންމު ކަމާ އަޅާ ބަލާއިރުގައި) ބޮޑުކަމެއް ނޫނެވެ.” |