| ފޮތުގެ މަޝްހޫރު ނަން: |
تَفْسِيْرُ الْبَغَوِي (ބަޣަވީގެ ތަފްސީރު) |
| ފޮތުގެ ފުރިހަމަ ނަން: |
مَعَالِمُ التَّنْزِيْل فِيْ تَفْسِيْرِ الْقُرْآنِ |
| ފޮތުގެ މައުޟޫޢު: | ތަފްސީރު |
| މުއައްލިފުގެ ނަން: |
أَبُو مُحَمَّدٍ الْحُسَيْنُ بْنُ مَسْعُودٍ بن مُحَمّد الفَرّاء البَغَوِي |
| އަވަހާރަވި ތާރީޚު: | 510 هــ |
| ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މިއީ ތަފްސީރު ފޮތްތަކުގެ ތެރެއިން އެންމެ ކުރީގެ އެއް ފޮތެވެ. އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވާ ގޮތުގައި މި ފޮތަކީ ތަފްސީރުއް ޘަޢުލަބީގެ މުޚްތަޞަރެކެވެ. ނަމަވެސް ބަޣަވީ رحمه الله ވަނީ އެފޮތުގައިވާ މައުޟޫޢު ޙަދީޘްތަކާއި ބިދުޢަވެރިންގެ ބަސްތައް އުނިކުރައްވާފައެވެ. އެކަލޭގެފާނު ޤުރުއާނުގެ އާޔަތްތައް ތަފްސީރުކުރައްވާފައިވަނީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންނާ އަދި ތާބިޢީންގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅުތަކުގެ އަލީގައެވެ. އޭގެ އިތުރުން ތަފްސީރުކުރެއްވުމުގައި ޤިރާއަތްތަކަށްވެސް އަހަންމިއްޔަތުކަން ދެއްވާފައި ވެއެވެ. އަދި ވަރަށް ޚުލާޞާ ގޮތެއްގައި ފިޤުހީ ޙުކުމްތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ވަރަށް މަދުން ނޫނީ އިސްރާއީލީއްޔާތުތައް ގެންނަވާފައި ނުވެއެވެ. |

















