ފޮތުގެ ނަން: | زَادُ الْمَعَادِ فِيْ هَدْي خَيْرِ الْعِبَاد |
ފޮތުގެ މައުޟޫޢު: | ސިޔަރަތު |
މުއައްލިފުގެ ނަން: |
مُحَمَّد بْن أَبِي بَكْر بْن أَيُّوب بنْ سَعْد شَمْس الدِّين بْن قَيِّم الْجَوْزِيَّة |
އަވަހާރަވި ތާރީޚު: | 751 هــ |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މި ފޮތަކީ ނަބިއްޔާ صلى الله عليه وسلم ގެ ސިޔަރަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފޮތެވެ. މި ފޮތުގެ މައިގަނޑު މައުޟޫޢަކީ ނަބިއްޔާ صلى الله عليه وسلم ގެ ސިޔަރަތެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި އެކަލޭގެފާނު ކުރެއްވި ދަތުރުފުޅުތަކާއި ބައިވެރިވެވަޑައިގެންނެވި ހަނގުރާމަތަކުގެ ވާހަކަތަކާއި އޭގެން ލިބޭ ޢަޤަދީ، ފިޤުހީ އަދި ތަރުބަވީ ފައިދާތައް މި ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އަޞްޙާބުންނާއި ޢަދުއްވުންނާ މުޢާމަލާތްކުރެއްވި ގޮތްވެސް ބަޔާންކުރައްވާފައި ވެއެވެ. އަދި ބޭސްވެރިކަމާއި ޢާންމު ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރައްވާފައިވާ ގޮތްވެސް މިފޮތުގައި ބަޔާންކުރައްވާފައި ވެއެވެ. އިބްނުލް ޤައްޔިމު رحمه الله މި ފޮތް ފައްޓަވާފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުންނެވެ. އެއަށްފަހު ބަޔާންކުރައްވާފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ނަސަބުފުޅާއި ޙަޔާތްފުޅުގެ ކަންކަމެވެ. ދެން ބަޔާންކުރައްވާފައިވަނީ އެކަލޭގެފާނުގެ ސުލޫކާއި މުޢާމަލާތާ ގުޅުންހުރި ކަންކަމެވެ. އެއަށްފަހުގައި ބަޔާންކުރައްވާފައިވަނީ ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުފަދަ ފިޤުހީ މައްސަލަތަކެކެވެ. އިބްނުލް ޤައްޔިމު رحمه الله މި ފޮތް ލިޔުއްވީ އެކަލޭގެފާނު ދިމިޝްޤުން މައްކާއަށް، ޙައްޖަށް ވަޑައިގެންނެވި ދަތުރުމަތީގައެވެ. |