[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البِدَايَةُ وَالنِّهَايَةُ

 

ފޮތުގެ ނަން: البِدَايَةُ وَالنِّهَايَةُ
ފޮތުގެ މައުޟޫޢު: ތާރީޚު
މުއައްލިފުގެ ނަން:

أَبُو الفِدَاء إِسْمَاعِيْل بْن عُمَر بْن كَثِيْر القُرَشِيّ، البَصْرِي ثُمّ الدِّمِشْقِ

އަވަހާރަވި ތާރީޚު: 774 هــ
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

މިއީ ތާރީޚު ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފޮތެވެ. އިބްނު ކަޘީރު رحمه الله މި ފޮތް ފައްޓަވާފައިވަނީ ﷲ ތަޢާލާ އުޑުތަކާއި ބިން ޚަލްޤުކުރެއްވި ވާހަކަ ބަޔާންކުރައްވަމުންނެވެ. ކާއިނާތު ޚަލްޤުކުރެއްވުމުގެ ވާހަކައިން އާދަމް عليه السلام ޚަލްޤުކުރެއްވުމާ ހަމައަށް ގެންނަވާފައި ވެއެވެ. ދެން ނަބީބޭކަލުންގެ ވާހަކަތައް ޚުލާޞާކޮށް ގެންނަވާފައިވެއެވެ. އެއަށް ފަހު، މުޙައްމަދު صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުމާ ހަމައިން ފެށިގެން، ހިޖުރައިން 768 ވަނަ އަހަރާ ހަމައަށް ހިނގާދިޔަ ކަންތައްތައް ތަފްޞީލުކޮށް ގެންނަވާފައިވެއެވެ.

އެންމެ ފަހުން ގެންނަވާފައިވަނީ ޤިޔާމަތުގެ ޢަލާމާތްތަކާއި ޙިސާބު ބައްލަވާ ދުވަހުގެ ކަންކަމެވެ. އެކަލޭގެފާނު މި ފޮތް ތަރުތީބުކުރައްވާފައިވަނީ އަހަރުތަކުގެ ތަރުތީބުންނެވެ. އަދި އެ އަހަރެއްގައި އަވަހާރަވީ ބޭކަލުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭކަލުންވެސް ޛިކުރުކުރައްވާފައި ވެއެވެ. ސުންނަތް ޖަމާޢަތާ ޚިލާފުވެފައިވާ އެކި ފިރުޤާތަކުގެ ތާރީޚު ދެނެގަތުމަށްވެސް މިއީ ވަރަށް މުހިންމު މަޞްދަރެކެވެ.