[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު – رضي الله عنه –

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد:

 

ނަބިއްޔާ صلى الله عليه وسلم މި ދުނިޔެއާ އަލްވަދާޢު ކިޔުއްވުމަށް ފަހު، އިސްލާމީ އުންމަތުގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރަކީ ހަތަރު ޚަލީފާއިންގެ ދުވަސްވަރެވެ. އެއީ ޞަޙާބީންގެ ތެރެއިންވެސް އެންމެ މާތް ބޭކަލުން އިސްލާމީ އުންމަތުގެ ޚަލީފާކަންކުރެއްވި ދުވަސްވަރެވެ. އެ ބޭކަލުންނަކީ ނަބިއްޔާ صلى الله عليه وسلم ގެ ތަރުބަވީ މަދަރުސާއިން ތަރުބިއްޔަތުވެފައިވާ ބޭކަލުންނެވެ. އެބޭކަލުންގެ ޚަލީފާކަމުގެ ދުވަސްވަރު ވެގެން ދިޔައީ އިސްލާމީ އުންމަތަށް ނަމޫނާ ދުވަސްވަރަކަށެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ވަނީ އެބޭކަލުންގެ ގޮތުގައި ހިފުމަށް ވަޞިއްޔަތްކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«فَإِنَّهُ مَنْ يَعِشْ مِنْكُمْ يَرَى بَعْدِي اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، وَعَضُّوا عَلَيْهَا بِالنَّوَاجِذِ» [رواه أحمد (17144)، وصححه الألباني في تحقيقه لمشكاة المصابيح (165)]

މާނައީ: “ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ކުރެ ދިރިހުރެއްޖެ މީހަކު ދަންނައެވެ. އޭނާއަށް ގިނަ އިޚްތިލާފުތައް ފެންނާނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ.”

ހަތަރު ޚަލީފާއިންނަށް ފަހު ތަފާތު ވެރިކަން އިސްލާމީ އުންމަތް ދެކެފިއެވެ. އެއްވެސް މީހަކު ދެބަސް ނުވާނޭ ގޮތުގައި އެފަދަ ހެޔޮ ދުވަސްތަކެއް އެބޭކަލުންގެ ދުވަސްވަރަށް ފަހުގައި އެއްވެސް ޒަމާނެއްގައި މުސްލިމުން ދެކެފައި ނުވެއެވެ. އެހެންކަމުން މި އުންމަތުގެ އެންމެ ޢަދުލުވެރި އަދި ހެޔޮ ބޭކަލުން އުޅުއްވި ދުވަސްވަރުން ޢިބުރަތް ޙާޞިލުކޮށްގެން މެނުވީ، އަލުން ހެޔޮ މުޖުތަމަޢުތަކެއް އިޢާދަ ނުކުރެވޭނެއެވެ. މަތިވެރި ޞަޙާބީންގެ ޚަލީފާކަމުގެ ދުވަސްވަރަކީ އަދުގެ ވެރިންނަށާއި ޢާންމުންނަށްވެސް ހުރި މުހިންމު ފިލާވަޅުތަކަކާއި ޢިބުރަތްތަކެކެވެ.

މިފޮތުގެ އަޞްލަކީ سليمان بن عبد الله الرومي – رحمه الله – ލިޔުއްވާފައިވާ الخلفاء الراشدون ގެ ދެވަނަ ފަޞްލެވެ. އެއީ ދެވަނަ ޚަލީފާ، ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ޚަލީފާކަމުގެ ދުވަސްވަރަށް އަލިއަޅުވާލައްވާފައިވާ ފަޞްލެވެ. މި ފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި: އެކަލޭގެފާނުގެ ނަސަބާއި، ކުންޔާއާއި، ލަޤަބާއި، އުފަންވުމާއި، ޞިފަފުޅުތަކާއި، އިސްލާމުވެވަޑައިގަތުމާއި، މަދީނާއަށް ހިޖުރަކުރެއްވުމާއި، އެކަލޭގެފާނުގެ މާތްކަމާއި، އެކަލޭގެފާނު ޚަލީފާކަމުގެ ބައިޢަތު ހިއްޕެވުމާއި، އެކަލޭގެފާނުގެ ޚަލީފާކަމުގައި ކުރެއްވި މުހިންމު ކަންތައްތައް އަދި އެކަލޭގެފާނު އަވަހާރަވުން ހިމެނެއެވެ.

ދުޢާއަކީ، އަޅަމެންނަކީ އިސްލާމީ ތާރީޚުގެ މިފަދަ ޢިބުރަތްތެރި ވާހަކަތަކުން ފިލާވަޅު ލިބިގަންނަ ބައެއްކަމުގައި ލެއްވުމެވެ. އާމީން!

 


 

ފޮތުގެ ނަން ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު – رضي الله عنه –
ތަރުޖަމާކުރީ أم عبد العفو
ޞަފްޙާގެ ޢަދަދު 72 ޞަފްޙާ، A5  ސައިޒް
ފައިލް ސައިޒް 13 mb

 

ފޮތް ޑައުންލޯޑު ކުރައްވާ