[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 5

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތައް އިޖާބަ ދޭންޖެހޭނޭކަމަށް ﷲ ތަޢާލާގެ މި ވަޙީބަސްފުޅުން ދަލީލު ލިބެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّـهِ وَلِلرَّ‌سُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ …)) ﴿٢٤﴾  سورة الأنفال ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! …”

ފަހެ ﷲ ތަޢާލާ މިއާޔަތުގައި އަމުރު ކުރައްވާފައި މިވަނީ އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިޖާބަދިނުމަށެވެ. އަދި ﷲ އަށް އިޖާބަދިނުމަށް އެންގެވުމާއި ގުޅުވައިގެން ، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިޖާބަދިނުމުގެ ވާހަކަ ގެންނަވާފައެވެ. އަދި އެ ގޮވާލެއްވުމަށް އެއިލާހު ނަންދެއްވާފައިވަނީ ދިރުމެއް ކަމުގައެވެ. ޙަޔާތެއްކަމުގައެވެ. އެއީ އެކަމުގައި އެބައިމީހުންނަށް ސަލާމަތްކަން އޮތުމާއި ދެމިގެންވާ ދިރިއުޅުން އޮތުމުންނެވެ. ކާފިރުކަމުގެ މަރުން ސަލާމަތްވެ އިސްލާމްކަމުގެ ހަޤީޤީ ދިރުން ލިބޭކަމަށްޓަކައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިޖާބަ ނުދިނުމުގެ ހުރި ނުރައްކާތެރި ކަމަށް އެއިލާހުވަނީ އިންޒާރުވެސް ކުރައްވާފައެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ((فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ‌ هُدًى مِّنَ اللَّـهِ ۚ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ )) ﴿٥٠﴾  سورة القصص މާނަ : ” ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނުކޮށްފިނަމަ)  ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބަޢު ވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި ﷲ ގެ ޙަޟްރަތުން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢުވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ. “

–  ނުނިމޭ –

އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ކުރީގެ ބައިތައް