[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 7

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަސްރުދިނުމާއި އެކަލޭގެފާނު މަތިވެރިކުރުމުގެ ދަލީލު : ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((… فَالَّذِينَ آمَنُوا بِهِ وَعَزَّرُ‌وهُ وَنَصَرُ‌وهُ وَاتَّبَعُوا النُّورَ‌ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ )) ﴿١٥٧﴾ سورة الأعراف މާނަ ” ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢުވީ މީހުން ދަންނާށެވެ! ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((إِنَّا أَرْ‌سَلْنَاكَ شَاهِدًا وَمُبَشِّرً‌ا وَنَذِيرً‌ا ))﴿٨﴾(( لِّتُؤْمِنُوا بِاللَّـهِ وَرَ‌سُولِهِ وَتُعَزِّرُ‌وهُ وَتُوَقِّرُ‌وهُ وَتُسَبِّحُوهُ بُكْرَ‌ةً وَأَصِيلًا ))﴿٩﴾   سورة الفتح މާނަ : ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވައި، ކާފަރުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. އެއީ ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއާއަށް އީމާން ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް ނަޞްރުވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން ތަސްބީޙަ ދެންނެވުމަށްޓަކައެވެ.  “ އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((…ثُمَّ جَاءَكُمْ رَ‌سُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُ‌نَّهُ … )) ﴿٨١﴾ سورة آل عمران މާނަ : “… ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދުކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް އީމާންވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން ނަޞްރުދޭހުށިކަމެވެ!…  “

އެކަލޭގެފާނަށް ނަޞްރުދިނުމުގެ މި މަތިވެރި ސިފައިން ، ﷲ ތަޢާލާވަނީ މުއުމިނުންގެ ޖަމާޢަތެއް ސިފަކުރައްވާފައެވެ. އަދި އެއިލާހުވަނީ ، އެބޭކަލުންނަށް ޘަނާގެ ބަސްފުޅު ވަޙީކުރައްވާފައެވެ. (( لِلْفُقَرَ‌اءِ الْمُهَاجِرِ‌ينَ الَّذِينَ أُخْرِ‌جُوا مِن دِيَارِ‌هِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِ‌ضْوَانًا وَيَنصُرُ‌ونَ اللَّـهَ وَرَ‌سُولَهُ ۚ أُولَـٰئِكَ هُمُ الصَّادِقُونَ )) ﴿٨﴾  سورة الحشر މާނަ : ” އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް (އެ فَىء މުދަލުގައި) ޙައްޤެއްވެއެވެ. އެއުރެންނީ ﷲ ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ނަސްރުދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ.  “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((إِلَّا تَنصُرُ‌وهُ فَقَدْ نَصَرَ‌هُ اللَّـهُ … )) ﴿٤٠﴾ سورة التوبة  މާނަ : ” ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، ﷲ އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((لَّا تَجْعَلُوا دُعَاءَ الرَّ‌سُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا )) ﴿٦٣﴾ سورة النور މާނަ : ” ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައިނޫޅޭށެވެ! “

އެކަލޭގެފާނަށް އެއްބާރުލުން ދިނުމުގެ ދަލީލު  : ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((إِنَّمَا وَلِيُّكُمُ اللَّـهُ وَرَ‌سُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَ‌اكِعُونَ)) ﴿٥٥﴾ ((وَمَن يَتَوَلَّ اللَّـهَ وَرَ‌سُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّـهِ هُمُ الْغَالِبُونَ))﴿٥٦﴾ سورة المائدة މާނަ : ” ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާއެވެ. އަދި އީމާންވެގެންތިބި މީހުންނެވެ. އެއުރެންނީ  (ޚުޝޫޢަތްތެރިކަމާއެކު ގައިތިބެ) ނަމާދުކޮށް، އަދި ޒަކާތްދޭ މީހުންނެވެ.  ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އީމާން ވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ﷲ ގެ ޖަމާޢަތެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَ‌ا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِ‌يلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ‌ ))﴿٤﴾  سورة التحريم މާނަ : ” ތިޔަ ދެބޭކަނބަލުން ﷲ އަށް ތަވްބާ ވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (ރަސޫލާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، ﷲ އީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި ޖިބްރީލު ގެފާނާއި، ޞާލިޙޫ މުއުމިނުންވެސްމެއެވެ. އަދި އެއަށްފަހު، މަލާއިކަތުންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ. “

– ނުނިމޭ –

އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ކުރީގެ ބައިތައް