[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 2

(( وَعَافِنِي فِيمَنْ عَافَيْتَ ))

މިބަސްފުޅު ((وَعَافِنِي )) : އޭ ﷲ! މިއަޅާގެ ހިތުގެ ބަލިމަޑުކަމާއި އަދި ޖިސްމާނީ ބަލިތަކަށް ޝިފާދެއްވާފާނދެއެވެ. ތިބާ ﷲ ތަޢާލާއަށް ((وَعَافِنِي )) މިފަދައިން ދުޢާކުރާއިރު، ޖިސްމާނީ ބަލިތަކާއި އަދި ހިތުގެ ބަލިމަޑުކަމަށް ޝިފާދެއްވުން އެދޭކަން ހިތްމައްޗަށް ގެނައުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެހެނީ ހިތުގެބަލިމަޑުކަމަކީ އޭގެ ނުރައްކާތެރިކަން، ޖިސްމާނީ ބަލިތަކަށްވުރެބޮޑު ކަަމެކެވެ. އެހެންކަމުން އަޅުގަނޑުމެން ދުޢާކުރާއިރު މިފަދައިން ކިޔައި ދުޢާކުރަމުއެވެ. (( اللّهُمَّ لآ تَجْعَلْ مُصِيْبَتنَا فِيْ دِيْنِنَا )) މާނަ : ” އޭ ﷲ! އަޅަމެންގެ ދީނުގައި އަޅަމެންނަށް މުޞީބާތް ނުލައްވާފާނދެއެވެ. ” )އެބަހީ : ގޯސް އަޤީދާތަކާއި، ހަވާނަފްސުގެ އެދުންތަކުގެ ސަބަބުން ދީނުގެ ޙަރާމް ކަންތަކަށް އަރައިގަނެވިދާނެ ކަންކަން މިންވަރު ނުކުރަށްވާފާނދެއެވެ. އަދި ދީނުގެ ޢަޤީދާ ބަލިކަށިވެދާނެފަދަ އެންމެހައި ކަންކަމާއި ދީނުގެ ޙުކުމްތަކާއިމެދު ޝައްކާއި ވަހުމު އުފެދުމުގެ މުޞީބާތްތަކުން ރައްކާތެރި ކޮށްދެއްވާފާނދެއެވެ.)

ޖިސްމާނީ ބަލިތަކަކީ ކޮބައިކަން ވަރަށް ސާފެވެ. ނަމަވެސް ހިތުގެ މަލިމަޑުކަން ދެކަމަކާއި ގުޅިފައިވެއެވެ.

އެންމެފުރަތަމަ : ހަވާނަފްސާއި ގުޅިފައިވާ ޝަހުވަތުގެ ބަލިތައް. މިއީ މީހާއަށް ޙައްޤު އެނގުނު ނަމަވެސް، އެ ޙައްޤު ބޭނުންނުވުމެވެ. އެހެނީ އޭނާގެ ހަވާނަފްސު އޭނާގެ މައްޗަށް ގަދަވެގެންފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނެވި ކަންތައްތަކައި ޚިލާފުވުމަށް ކަމަށްވާތީއެވެ.

ދެވަނައަށް : ޖާހިލުކަމާއި ގުޅިފައިވާ ޝުބުހަތަކުގެ(ޝައްކާއި ވަހުމުގެ) ބަލިތައް. އެހެނީ ޖާހިލު، ތަންދޮރު އޮޅުންފިލާފައި ނުވާމީހާ، ހައްޤު ކަމަށް ހީކޮށް ބާޠިލު ގޮތްތަކަށް ކަންތައްތައް ކޮށްއުޅެއެވެ. މިއީ، އޭގެ ސީރިއަސްކަން ބޮޑު ބަލިމަޑުކަމެކެވެ.

އެހެންކަމުން ތިބާގެ މައްޗަށްވަނީ، ޖިސްމާނީ ބަލިތަކާއި އަދި ހިތުގެ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ ޝަހުވަތްތަކާއި ޝުބުހަތަކުން ( ޝައްކާއި ވަހުމު ) ތަކުން ސަލާމަތްކޮށްދީ އެފަދަ އެންމެހައި ބަލިތަކަސް ޝިފާދެއްވުމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމެވެ.

މިބަސްފުޅު ((فِيمَنْ عَافَيْتَ)) އިބައިލާހު ރަޙްމަތްފުޅުން އެބައެއްގެ ޖިސްމާނީ ބަލިތަކާއި ހިތުގެ އެންމެހައި ބަލިމަޑުކަމަށް ޝިފާދެއްވި ފަދައިން، އެބައިމީހުންގެ ތެރެއިން ވުމަށްޓަކައި މިއަޅާއަށްވެސް އިބަ އިލާހުގެ ރަޙްމަތްފުޅުން ޝިފާދެއްވާފާނދެއެވެ.

=ނުނިމޭ=

މަޞްދަރު :  “شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين

ކުރީގެބައިތައް