[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙުމަތުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޞަޙާބީން ލޯބިކޮށް ތަބާވި ގޮތް – 3

ޢާއިޝާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ވަރަށް މަދު ދުވަހެއްގައި މެނުވީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހެނދުނުގެ ވަގުތުގައި ނުވަތަ ހަވީރުގެ ވަގުތުގައި، އަބޫބަކުރު ރަޟިޔަﷲ އަންހުގެ ގެކޮޅަށް ޒިޔާރަތްކުރައްވާ ކަމުގައި ވިއެވެ. ނަމަވެސް އެކަލޭގެފާނަށް (މަދީނާއަށް) ހިޖުރަކުރެއްވުމަށް ﷲ ތަޢާލާ އިޒްނަ ދެއްވުމުން ދެން އެކަލޭގެފާނު ވަޑައިގެންނެވީ މެންދުރު ވަގުތެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވަޑައިގެންނެވި ޚަބަރު އަބޫބަކުރު ރަޞިޔަﷲ ޢަނުހު އަށް ދެއްނެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ.( ކޮންމެވެސް މުހިއްމު ބޮޑުކަމެއްގައި މެނުވީ މިވަގުތުގައި( މެންދުރުވަގުތުގައި) އެކަލޭގެފާނު ވަޑައިނުގަންނަވާނެއެވެ.) ދެން އަބޫބަކުރު ރަޟިޔަﷲ ޢަންހު ވަޑައިގަތުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނަށް ވިދާޅުވިއެވެ.( ގޭތެރޭގައި ވާމީހުން ބޭރަށް ނެރޭށެވެ. ) އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. (އޭ ﷲ ގެ ރަސޫލާއެވެ. ގޭގައި ތިބީ ތިމަންގެ ދެ ދަރިކަނބަލުންނެވެ.(އެބަހީ: އަސްމާ އަދި ޢާއިޝާ ރަޟިޔަﷲ ޢަންހުމާއެވެ)) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ.(ތިމަންކަލޭގެފާނަށް ހިޖުރަކުރުމަށް އިޒްނަ ދެވިއްޖެއެވެ.) އަބޫބަކުރު ރަޞިޔަﷲ ޢަންހު ވިދާޅުވިއެވެ. (އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު ކަލޭގެފާނާއި އެކުގައި ގެންދަވާށެވެ.) ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( ތިމަންކަލޭގެފާނާއި އެކު ވަޑައިގަންނަވާނި ކަލޭގެފާނެވެ. ) އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަތުގައި ދަތުރަށް ނުކުތުމަށް ތައްޔާރުކުރެވިފައިވާ ދެ ޖަމަލު އެބައޮތެވެ. އެތަނުން އެއްޖަމަލު ކަލޭގެފާނަށެވެ.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( ތިމަންކަލޭގެފާނު، އޭތި އަގު ދޭގޮތައް ނަގައިފީމެވެ.)

އެހެން ރިވާޔަތެއްގައި ވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ( އެ ދުވަހުގައި އަބޫބަކުރު ރަޞިޔަﷲ ޢަންހު ކީރިތިކުރެއްވި ވަރަށް، މީހަކު އުފަލުން ރޮއިފާނެކަމަކަށް މީގެކުރިން ތިމަންކަމަނާ ދުވަަހަކުވެސް ހީނުކުރަމެވެ. )

އެހެން ރިވާޔަތެއްގައި ވެއެވެ. ( ( ތިމަންކަލޭގެފާނާއި އެކު ވަޑައިގަންނަވާނި ކަލޭގެފާނެވެ. ) މިފަދައިން ހަދީޘްކުރެއްވުމުން، އަބޫބަކުރު ރަޞިޔަﷲ ޢަންހު އުފަލުން ކީރިތިކުރެއްވިތަން ތިމަންކަމަނާ ދެކެވަޑައިގަތީމެވެ.)

ހިޖުރައިގެ ދަތުރުގައި އެދެބޭކަލުން ޘަވްރެވެ ކިޔުނު ހޮހޮޅައިގައި މަޑުކުރެއްވިއެވެ. އޭރު ޤުރައިޝުންވަނީ އެދެބޭކަލުން ހޯދައިގެން ގެނައުމަށް މީހުން އެކި ދިމަދިމާއަށް ފޮނުވާފައެވެ. އަދި އެކަލޭގެފާނު ހޯދައިގެން ގެންނަމީހަކަށް، ޤުރައިޝުންވަނީ އިނާމުވެސް ކަނޑައަޅާފައެވެ. އެދެބޭކަލުން ހޮހޮޅައިގައި ތިއްބަވަނިކޮށް، ޤުރައިޝުން އެ ހޮހޮޅައިގެ ކައިރިއަށް އައިސް ވަށައިގެން ހޯދަމުން ދިޔައެވެ. އެތަނުން މީހަކު ތިރިޔަށް ބަލާލިކަމުގައި ވިޔަސް އެމީހުންނަށް، އެދެބޭލަކަލުން ފެންނާނެއެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.( އެތަނުން މީހަކު، އެމީހުންގެ ފައި އަޅައިގެންތިބި ތަނަށް ބަލާލިކަމުގައި ވިޔަސް، އެމީހުންނަށް ތިމަންމެން ފެންނާނެއެވެ.) ރަސޫލުޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.( އެދެމީހުންނާއި އެކުގައި ތިންވަނަ ފަރާތަކަށް ﷲ ތަޢާލާ ވޮޑިގެންވާ ބަޔަކާއިމެދު ކަލޭގެފާނު ހީފުޅުކުރައްވަނީ ކިހިނެއްތޯއެވެ؟ )

ﷲ ތަޢާލާވަނީ، ޤިޔާމަތަށް ދާންދެން ކިޔަވާލެވޭނޭ އާޔަތެއްގެ ގޮތުގައި، ކީރިތި ޤުރުއާނުގައި އާޔަތެއް އެކަމާއި ގުޅޭގޮތުން ބާވައިލައްވަފައެވެ. ((إِلَّا تَنصُرُ‌وهُ فَقَدْ نَصَرَ‌هُ اللَّـهُ إِذْ أَخْرَ‌جَهُ الَّذِينَ كَفَرُ‌وا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ‌ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا ۖ فَأَنزَلَ اللَّـهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَ‌وْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُ‌وا السُّفْلَىٰ ۗ وَكَلِمَةُ اللَّـهِ هِيَ الْعُلْيَا ۗ وَاللَّـهُ عَزِيزٌ حَكِيمٌ ))﴿٤٠﴾ سورة التوبة މާނަ: ” ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، ﷲ އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލު، ކާފަރުވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ޘަވްރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން ﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲ ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲ އީ، ޢަޒީޒު ވަންތަ، ޙަކީމް ވަންތަ ރަސްކަލާނގެއެވެ .”

-ނުނިމޭ-

މަޞްދަރު: رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ކުރީގެ ބައިތައް