[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިޒަމާނުގައި ޤާއިމް ކުރާނީ ކިހިނެއް؟

ބައެއް މުސްލިމުންނާއި ޢައިރު މުސްލިމުން މިއަދު ކުރަމުންދާ ސުވާކލަކީ 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިއަދު އަޅުގަނޑުމެން ޤާއިމްކުރާނީ ކިހިނަކުން ހެއްޔެވެ. އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާ މީހަކަށް މިފަދަ ސުވާލެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ސުވާލުތައް އުފެދިފައިވާ މީހުން ހަނދާން ނެތިފައިވާ ކަމެއް ވެއެވެ. އެއީ އިންސާނުންވެސް އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ޤާނޫން އަސާސީތަކެއް ހަދާފައިވާކަމެވެ. އިންސާނުންނަށް މިފަދަ ކަމެއް ކުރެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަށްވުރެ ގިނަ ދުވަހަށް ދެމިގެންވާ ޤާނޫންތަކެއް އުފެއްދެވުމަށް ކުޅަދުންވަންތަވެދޮޑިގެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ތަނަކާއި ހުރިހާވަގުތެއްގައި ހިނގާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
މިފަދަ ސުވާލެއްކުރާ މުސްލިމެއް ޙުކުމަކީ ކޮބައިތޯއެވެ؟
މިފަދަ ސުވާލެއްކުރާ މުސްލިމްމީހާ ޤަބޫލުކުރަންވީ ޙަޤީޤަތަކީ ޤިޔާމަތާއި ޖެހެންދެން ދެމިގެންވާ ޤާނޫނުތަކެއް ހެއްދެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުޅަދުންވަންތަ ކަމެއްކަމެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދާއިމަށް ދެމިގެންވާ ޤުދުރަތީ ޤާނޫނުތަކެއްވެސް ހައްދަވާފައެވެ. އެހެންކަމުން އެއްވެސް އަސްލެއް ނެތް ވާހަކަތަކުގައި ނުވަތަ ކުފުރުގެ ދަންތުރަ ތަކުގައި ނުޖެހުމަށް މުސްލިމުން ސަމާލުވާން ޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (سورة النساء65) މާނައި: ” އެހެންނަކުން ނޫނެވެ! ފެހެ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު އެމީހުންގެ މެދުގައި ޙުކުމްކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަ ވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޙުކުމްތަކުން އޭނާ ހިތްއެދޭ ޙުކުމްތަކުގައި ހިފައި އޭނާ ނުރުހޭ ޙުކުމްތައް ދޫކޮށްލުމުގެ އިޚްތިޔާރު އޭނާއަށް ލިބިފައި ނުވާކަންވެސް އޭނާ ވަނީ ހަނދާން ނެތިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴾ (سورة البقرة: 85) މާނައީ: ” ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާއިމެދު ޢާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ.”
މިތާނގައި މިބަޔާންކޮށްލަނީ طاعة (ކިޔަމަންތެރިކަމުގެ) ގެ 3 ވައްތަރެކެވެ.
1- ފުރިހަމަޔަށް ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ ކަންތައް.
މިއީ ﷲ ތަޢާލާގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތަށް އައިސްފައިވާ ހުރިހާ އަމުރުފުޅަކަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. މިގޮތަށް ކިޔަމަންވުމުގައި އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
2- އިސްލާމްދީނުގައި ޤުރުއާނާއި ޙަދީޘުން ނައްޞުން ބަޔާންވެގެންވާ ކަންކަމަށް ފުރިހަމަޔަށް ކިޔަމަންވުން.
މި ގޮތަށް ކިޔަމަންވުމުގައިވެސް އެއްވެސް އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
3- އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އިމާމަކަށް ނުވަތަ އިމާމުންތަކަކަށް ތަބާވުން.
މިގޮތަށް ތަބާވާއިރު ވަކި އިމާމަކަށް ތަބާވުން ލާޒިމެއް ނޫނެވެ. ސަބަބަކީ އިމާމުންގެ މެދުގައި އުފެދިފައިވަނީ ޙައްޤު ޚިލާފުތަކެއް ކަމުގައި ވާތީއެވެ. މިޙާލަތުގައި އޭނާ އެ ތަބާވާގޮތަކީ ޞައްޙަ ޚިލާފެއްކަމުގައިވާނަމަ އެގޮތެއް އޭނާއަށް އިޚްތިޔާރު ކުރެވިދާނެއެވެ.
އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމް ކުރެވިއްޖެނަމަ ޙިސާބުބެއްލެވޭނެ ހުރިހާ މަޚްލޫޤުންގެ މިދުނިޔޭގެ ދިރިއުޅުން ބާއްޖެވެރި ވެގެންދާނެކަން ޙަޤީޤީ މުސްލިމަކު ޤަބޫލުކުރާނެއެވެ. އަދި އިސްލާމީ އުސޫލުތަކަށް މުސްލިމުންގެ ދިރިއުޅުމުގައި ޢަމަލު ކުރުމުން އުޚްރަވީ ޙަޔާތް ބާއްޖެވެރި ވެގެންދާނެކަމުގެ ގެރެންޓީ ލިބެއެވެ.
އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތުގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި މިދުނިޔޭގެ ވަގުތީ ދިރިއުޅުމަކަށް ނޫނެވެ. އެހެނެއްކަމަކު އުޚްރަވީ ޙަޔާތްވެސް ބާއްޖެވެރިކޮށްދެއެވެ. އެއްވެސް މުސްލިމަކު މިކަން ހަނދާންނުނެތޭނެއެވެ. ސަބަބަކީ އިންސާނުން އަތުން ހަދާފައިވާ ހުރިހާ ޤާނޫނަކަށްވުރެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޤާނޫންތައް ފުރިހަމަކަމަށް އޭނާ ޤަބޫލުކުރާނެއެވެ.
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ކަނޑައެޅިބަޔާންވެގެންވާ ޤާނޫންތަކެއްގެ މައްޗަށެވެ. އަދި މީގައި ވަނީ ﷲއާއި އެކަލާނގެ ހެއްދެވި ތަކެތީގެ ގުޅުމާއި މަޚްލޫޤުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތަކީ ބޮޑު ޕެކޭޖެކެވެ. މި ޕެކޭޖުގައިވަނީ އަޤީދާއާއި އަޅުކަންތަކާއި، ފުރިހަމަ ވެގެންވާ ޤާނޫނުތަކާއި އެންމެ ރިވެތި އަޚްލާޤެވެ.
މީގެ 14 ޤަރުނު ކުރިން އިސްލާމީ ޝަރީޢަތް ވަނީ އެތަކެއް ނިކަމެތިންނެއްގެ ޙައްޤުތަކެއް ހޯދައިދީފައެވެ. މިއީ ވޭތުވެދިޔަ ޤަރުނާ ހަމަޔަށްވެސް އިންސާނުން ހަދާ ޤާނޫނުތަކަށް ކޮށްނުދެވުނު ކަމެކެވެ. މި ރޮނގުގައި އިސްލާމީ ޝަރީޢަތާ އެއްހަމަ އަށް އައުމަށް އަދިވެސް އިންސާނުންހަދާ ޤާނޫންތައް ވަނީ  ނުކުޅެދިފައެވެ.