[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފައިދާ ޔަޤީންވެފައިވާ ވިޔަފާރިއެއް.

ވިޔަފާރިއެއް ފަށާކަމުގައިވާނަމަ ކޮންމެ މީހަކުވެސް، އެ ވިޔަފާރިއަކީ ކިހާވަރެއްގެ ފައިދާއެއް ލިބިދާނެ ވިޔަފާރިއެއްތޯ ބަލާނެއެވެ. އަދި އެ ވިޔަފާރިއެއް ފައްޓަނީ ބޮޑު ރިސްކެއް ނަގައިގެންނެވެ. ބޮޑު އިންވެސްޓްމެންޓެއް ކޮށްގެން ފައްޓާ ވިޔަފާރިން އެކަށީގެންވާ ފައިދާއެއް ލިބޭނެކަމުގެ 100 ޕަސެންޓް ޔަޤީންކަމެއް ނޯވެއެވެ.  ބައެއް މަސް މަހު ފައިދާ ލިބުނަސް އަނެއްބައި މަސްމަހު އެ ވިޔަފާރިން ގެއްލުން ލިބެމުންވެސް ހިނގައިދާނެއެވެ. މިއީ ދުނިޔެމަތީގެ އާއްމު އުސޫލެވެ. އެހެނީ އަހަރެމެން އިންސާނުންނަކީ ، އަހަރެމެންނަށް ފެންނަ ކަންކަން ފިޔަވައި ޣައިބުގައި ވާ އެއްވެސް ކަމެއް އެނގޭ ބައެއްކަމުގައެއް ނުވަމެވެ.

އެހެންނަމަވެސް، ފެންނަ ކަންތަކާއި ނުފެންނަ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އަދި ޣައިބުގެ އެންމެހައި ތަޅުދަނޑިތައް އެފަރާތެއްގެ ހަޟްރަތުގައިވާ ، މަތިވެރިވަންތަ އިލާހެއް ހަތް އުޑު މަތީގައި ވެއެވެ. އެއީ ގަދަ ކީރިތިވަންތަ ﷲ ތަބާރަކަވަތަޢާލާއެވެ. އެ ފަދަ ރަސްކަމެއް މިލްކުވެގެންވާ އިލާހެއް ދައްކަވާފައިވާ ވިޔަފާރިއަކުން ހަމަ ޔަޤީނުންވެސް ފައިދާވާނުވެއެއް ނުދާނެއެވެ. އެއީ ޝައްކެއް ނެއް ކަމެކެވެ.

އެއިލާހުއަށް އީމާންވީ މުއުމިނުންނަށް އެއިލާހުވަނީ ، އެ ވިޔަފާރިއެއްގައި ފައިދާ ކަށަވަރުވެފައިވާ ވިޔަފާރިއަކަށް މަގުދައްކަވާފައެވެ. އެއިލާހުގެ ކިޔަމަންތެރި އަޅުތަކުންނަށް ނިދާ އިއްވަވައި އެއިލާހު ގޮވާލައްވާފައިވެއެވެ. ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! “. ވީމާ އެ ނިދާ ނުވަތަ ގޮވާލެއްވުން ރައްދުވަނީ އަޅުގަނޑުމެންނަށެވެ. މުއުމިނުންނަށެވެ. އެހެންކަމަށްވާނަމަ އަޅުގަނޑުމެން އެ ގޮވާލެއްވުމަށް އިޖާބަ ދޭންޖެހޭނެއެވެ. އެހެނީ އެއިލާހު އަޅުގަނޑުމެންގެ ކިބައިން އެދިވޮޑިގަންނަވަނީ އަޅުގަނޑުމެންނަށް ކުޅަދާނަވެގެންވާ ކަންކަމަށެވެ.

ﷲ ތަޢާލާ އަޅުގަނޑުމެންނަށް މަގުދައްކަވާފައިވަނީ އެންމެ ބޮޑުފައިދާއެއް ލިބިދޭ ވިޔަފާރިއަށެވެ. އެއީ ނިކަމެތިކަމާއި  ވޭންދެނިވި ޢަޒާބުގެ ގޮވެތި ނަރަކައިން ސަލާމަތްކޮށްދީ ، ދާއިމީ ނިޢުމަތުގެ ގޮވެތި ސުވަރުގެ ޔަޤީންކޮށްދޭ ވިޔަފާރިއެވެ. އެއީ އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. (( އަދި ނަރަކައިން ސަލާމަތްކުރެވި ސުވަރުގެ ވަދެވިއްޖެ މީހާ ދަންނާށެވެ. ބޮޑުވެގެންވާ ކާމިޔާބީއަކުން އެމީހަކު ކާމިޔާބުވެއްޖެކަން ކަށަވަރެވެ. )) އެހެންކަމުން އަޅުގަނޑުމެން މި ކާމިޔާބީ ޔަޤީންކުރަން ބޭނުންކަމުގައިވާނަމަ ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް މި ދައްކަވާފައިވާ ވިޔަފާރީގައި ބައިވެރިވާން ޖެހެއެވެ،

އެއިލާހު ސުބްޙާނަހު ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَ‌ةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴿١٠﴾ تُؤْمِنُونَ بِاللَّـهِ وَرَ‌سُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ‌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾ يَغْفِرْ‌ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِ‌ي مِن تَحْتِهَا الْأَنْهَارُ‌ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٢﴾ وَأُخْرَ‌ىٰ تُحِبُّونَهَا ۖ نَصْرٌ‌ مِّنَ اللَّـهِ وَفَتْحٌ قَرِ‌يبٌ ۗ وَبَشِّرِ‌ الْمُؤْمِنِينَ ﴿١٣﴾ )) سورة الصف މާނަ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި ޢަޒާބުން ތިޔަބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ ވިޔަފާރިއަކަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަގު ދައްކަވަންހެއްޔެވެ. އެއީ ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިޔަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި ނަފްސުތަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުމެވެ. ތިޔަބައިމީހުން ދަންނަ ނަމަ އެގޮތް ތިޔަބައިމީހިންނަށް މާ ހެޔޮކަން ބޮޑެވެ. އޭރުން އެއިލާހު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހިންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާންގެ ދަށުން ފެނކޯރުތައް ހިނގަ ހިނގާހުންނަ ސުވަރުގެ ތަކަށް އެކަލާންގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި ޢަދުނު އޭ ކިޔުނު ސުވަރުގެ ތަކުގައިވާ ރަނގަޅު ގޮވެތި ގެދޮރުތަކުގައި ތިޔަބައިމީހުން ވަޒަންވެރި ކުރުވާނެތެވެ. ބޮޑުވެގެންވާ ކާމިޔާބު ލިބުމަކީ އެއީ އެވެ. “

ﷲ ތަޢާލާ އަޅުގަނޑުމެން މުއުމިނުންނަށް މަގުދައްކަވާފައިވާ ގެއްލެނިވިގެން ނުދާނެ ވިޔަފާރިޔަކީ މިއީއެވެ. އަދި މި ވިޔަފާޜިޔާއި މެދު އުފާކުރުމަށް ﷲ ތަޢާލާ އަންގަވާފައި ވެއެވެ. އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((إِنَّ اللَّـهَ اشْتَرَ‌ىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّـهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَ‌اةِ وَالْإِنجِيلِ وَالْقُرْ‌آنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّـهِ ۚ فَاسْتَبْشِرُ‌وا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿١١١﴾ )) سورة التوبة މާނަ: ” ހަމަކަށަވަރުން، اللَّه ތަޢާލާ، މުއުމިނުންގެ ކިބައިން އެއުރެންގެ ނަފްސުތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން ދުޝްމިނުން ޤަތުލުކޮށް، އަދި އެއުރެން ޤަތުލު ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) ތަވްރާތާއި، އިންޖީލާއި، ޤުރުއާންގައި، އެކަލާނގެ ޒާތުފުޅުގެ މައްޗަށް ހައްޤު ގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ. އަދި ޢަހުދު ފުއްދުމުގައި، اللَّه އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ ކާމިޔާބު ލިބުމަކީ ހަމަ އެއީއެވެ. “