މިފޮތަކީ ޢިލްމާއި ބެހޭގޮތުން ލިޔެވިފައިވާ ފޮތެކެވެ. ފޮތް ބަހާލެވިގެންވަނީ ދެބާބެއްގެ މައްޗަށެވެ. އެއީ “باب التَّعَلُّم” އާއި “باب التَّعْلِيْم “ އެވެ. އާދެ! އުނގެނުމުގެ ބާބާއި އުނގަންނައިދިނުމުގެ ބާބެވެ. އަދި މިދެބާބު ފެށުމުގެ ކުރިން “فَضاَئِلُ القُرْآن “، (ޤުރުއާނުގެ މަތިވެރިކަމާއި) އާއި ބެހޭގޮތުން ޤުރުއާނާއި ސުންނަތުގެ އަލީގައި ކުރު މަޒުމޫނެއްވެސް މިފޮތުގައި އެކުލަވައިލާފައި ވެއެވެ. މިފޮތަކީ އަޅުގަނޑުމެންގެ ކޮންމެ އަޚަކާއި އުޚްތަކުވެސް ކިޔާލުން ވަރަށް މުހިއްމު ފޮތެކެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުންމަތް މިވަނީ ބައިބައިވެ ކަފިކަފިވެފައެވެ. އުންމަތުގެ މަޖްދާއި ޝަރަފް މިވަނީ ވެއްޔާއި މޮޑެވިފައެވެ. އަޅުގަނޑުމެން މިވަނީ ފުން އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ. ސަބަބަކީ ކޮބާތޯއެވެ؟ އާދެ ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާއާއި، އިސްލާމްދީން ފުރިހަމައަށް މަޢުރިފާކޮށް ދެނެގަންނަން ނޭނގުމެވެ. ޙަޤީޤީ ޢިލްމަކީ ކޮބައިކަން ނޭނގުމެވެ. އެހެންކަމުން ޢިލްމުގެ މައުޟޫ މުހިންމު ވަނީއެވެ. ފޮތުގައި ހިމެނޭ ބައިތައް ބެއްލެވުމަށް ފޮތުގެ 3 އަދި ހަތަރުވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.
(ނޯޓް: މިފޮތަކީ މީގެކުރިން 16/12/2011ގައި މިސައިޓުގައި ޝާއިޢުކުރެވިފައިވާ ފޮތެކެވެ. މިފޮތް އަލުން މިޝާއިޢުކުރެވުނީ، ފޮތް ލިޔުއްވިފަރާތުން މިފޮތް އަލުން މުރާޖަޢާކޮށް ބައެއް ބަދަލުތައް ގެނެސްފައިވާތީއެވެ.)
ފޮތުގެ ނަން: ورث الأنبياء – ނަބިއްޔުންގެ ތަރިކަ. ލިޔެ ޖަމާކުރީ: الشيخ محمد إبراهيم (ނައިފަރު). |
ޞަފްޙާގެ ޢަދަދު:100 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 3.00 MB |