الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢިބްރަތްތެރި ވާހަކަތަކަކީ މީސްތަކުން އެއަށް ނުހަނު ޝައުޤުވެރިކަންދޭ އެއްޗެކެވެ. ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައިވެސް ނުހަނު ގިނަ ވާހަކަތަކެއް ވާރިދުވެފައިވެއެވެ. އަދި ދީނުގެ ޢިލްމުވެރިންނާއި ޢާންމުންވެސް ޢިބްރަތްތެރި ވާހަކަތައް އެކުލަވާލެއްވުމަށްފަހު ފޮތްތައް ލިޔުއްވާފައިވެއެވެ.
މިގޮތުން މިމަސައްކަތަކީ އެކި މަޞްދަރުތަކުންނަގާ ދިވެހި ބަހުން މިފަދަ ޢިބްރަތްތެރި ވާހަކަ ހުށަހަށާދިނުމަށް ފެށިފައިވާ މަސައްކަތެކެވެ.
ދުޢާއަކީ އަޅަމެންގެ މަސައްކަތުގައި ﷲ ތައާލާ ބަރަކާތްލައްވާ، އެއިލާހު ރުއްސަވާ މަގުން ހިނގުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ.
ނޯޓް: މިފޮތުގައި ހިމެނިފައިވާ ވާހަކަތަކަށް ޒިންމާވާނީ އެވާހަކަ ލިޔުއްވި ލިޔުންތެރިޔާއެވެ.
ފޮތުގެ ނަން: ޢިބްރަތްތެރި ވާހަކަ 1 ލިޔެ ޖަމާކުރީ: ދިސަލަފިއްޔާ ޓީމް |
ޞަފްޙާގެ ޢަދަދު:28 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 1.07 MB |
ފޮތް ޑައުންލޯޑުކުރައްވާ