ސިވާކް
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ.” – ސިވާކަކީ އިރާކު ގަހުގެ މުލުން ނުވަތަ ގޮފިކޮޅަކުން ތައްޔާރުކުރެވިފައިވާ ދަނޑިކޮޅެކެވެ. – ޢަރަބި ބަހުގައި “ސިވާކު” ގެ މާނައަކީ ދަތް އުނގުޅުމެވެ. އަދި އެއީ ސިވާކުގަހުގެ ދަނޑިކޮޅެއް ބޭނުން ކުރުމަށްވެސް ބުނެވޭ ބަހެކެވެ. – އަލްއިމާމުއް…