ސައިޓުގެ ތަޢާރަފް
އެންމެހާ ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ނެތުމުގެ ތެރެއިން އަޅުގަނޑުމެން ޚަލްޤުކުރައްވާ، ޙައްޤުގެ މަގަށް އަޅުގަނޑުމެންނަށް ހިދާޔަތު ދެއްކެވި ﷲ ތަބާރަކަ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވުމަށްޓަކާ، ﷲ ތަޢާލާ ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. ﷲ ތަޢާލާގެ ރަޙުމަތުން، އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގެ މުސްލިމް ބައެއް ޤައުމުތަކުގައި އޮންނަފަދަ ބާޠިލު ޢަޤީދާތަކެއް ފެތުރިފައިވާ ޤައުމެއް ނޫނެވެ. ނަމަވެސް ރާއްޖެއަށް ‘ހެޔޮ ބަދަލެއް’ގެ ނަމުގައި، މިއައި ބަދަލަށް…