ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުން
ރަޙިމުގެ ގުޅުން ދެމެހެއްޓުން ވާޖިބުވެގެންވަނީ ކޮންބަޔަކާތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. 1- ފުރަތަމަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭނީ މަޙްރަމުންނާއެވެ. (ކައިވެނި ޙަރާމް މީހުންނާއެވެ) 2- ދެވަނަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭނީ ވާރިޘުންނާއެވެ. (އޭނާގެ ތަރިކަ މުދަލުން ބައި ލިބޭ މީހުންނާއެވެ.) 3- ތިންވަނަ ބަސްފުޅު: ރަޙިމުގެ ގުޅުން ދަމަހައްޓަން ޖެހޭނީ ނަސަބުގެ ގޮތުން ގާތް މީހުންނާއެވެ. ތަރިކަ މުދަލުން ބައި ލިބުނަސް ނުލިބުނަސް މެއެވެ. ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަބަސްފުޅުގައި…