[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދަތުރުވެރިން ދަތުރުމަތީ ބަންގި ގޮވުން

azaan2

(ސ 195) ދަތުރުވެރިން ދަތުރުމަތީ ބަންގި ގޮވުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިމަސްއަލަކީ [ޢިލްމުވެރިންގެ މެދުގައި] ޚިލާފުއޮތް މަސްއަކަލައެކެވެ. ރަނގަޅުގޮތަކީ ދަތުރުވެރިންވެސް ބަންގި ގޮވުން ވާޖިބުކަމެވެ.

އެހެނީ ނަބިއްޔާ صلى الله عليه وسلم މާލިކު އިބްނު އަލްޙުވައިރިޘްއާއި އެކަލޭގެފާނާއެކުވީ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

((…فَإِذَا حَضَرَتْ الصَّلَاةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ…)) [رواه البخاري ومسلم]

މާނައީ: ” ފަހެ ނަމާދު ވަޤުތުވުމުން ތިޔަބޭކަލުންގެ ތެރެއިން ކޮންމެވެސް އެއް ބޭކަލަކު ބަންގިގޮވާހުށިކަމެވެ.”

އެބޭކަލުންނަކީ އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވަފުދެކެވެ. އަދި ދަތުރުވެރިންގެ ގޮތުގައި އެބޭކަލުންގެ އަހުލުންގެ ގާތަށް އެނބުރި ވަޑައިގަތެވެ.

އަދި ޤާއިމުވެ ހުންނަވާއިރާއި ދަތުރުގައިވެސް، ނަބިއްޔާ صلى الله عليه وسلم ބަންގިއާއި ޤަމަތް ދޫނުކުރައްވައެވެ. ފަހެ އެކަލޭގެފާނުގެ ދަތުރުފުޅުގައި ބަންގިގޮވުމަށް ބިލާލުގެފާނަށް އެކަލޭގެފާނު އަމުރުކަރުއްވައެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٢٨٢ / طبعة: دار الثريا للنشر