[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 1

qeeba

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، أما بعد :

ޣީބަބުނުމަށް ދޭތެރެޖެއްސުން ނުވަތަ ކުޓުވުން ފަދަ ކިތަންމެ ތަފާތު ނަންތަކެއް ކީ ކަމުގައި ވީނަމަވެސް އެކަމުން ޙާޞިލުވާ ކަމަކީ މީހަކު ނުރުހޭ ކަމެއްގެ ވާހަކަ އޭނާ ނެއްތަނެއްގައި ދެއްކުން ކަމުގައި ވާނަމަ އެކަން ވެގެން ދާނީ ޣީބަ ބުނުމަށެވެ. އަދި އެއީ ހުތުރުކަން ބޮޑުވެގެންވާ، އެޢާދަޔަކަށް މާތްވެގެންވާ އިސްލާމްދީނުގައި އިންކާރުކުރެވި ނުރުހުން ރައްދު ކުރެވޭ ޢާދައެކެވެ. ޣީބަބުނުމަކީ ކޮބައިކަމާއި، އޭގައި ހުރި ނުރައްކާތެރިކަން، ފުރިހަމައަށް އިސްލާމްދީނުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަމަށް ދަލީލުކޮށްދޭ އެތައް ދަލީލު ތަކެއް އައިސްފަވެއެވެ.

އެގޮތުން :

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: ((أَتَدْرُونَ مَا الْغِيبَةُ؟)) قالوا: اللهُ وَرَسُولُهُ أَعْلَمُ، قال: ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ)) قيل: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قال : ((إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ))

މާނަޢީ: “އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޣީބައަކީ ކޮބައިކަން ތިޔަބައި މީހުން ދަންނަމު ހެއްޔެވެ؟ އެވަގުތު ޞަޙާބީން ދެންނެވިއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި، އެކަލާނގެ ރަސޫލާ އަށެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ, (ނެތްތަނެއްގައި) އޭނާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ޞަޙާބީން ސުވާލުދެއްނެވިއެވެ. އެކަމަކީ އެއަޚާގެ ކިބައިގައި ހުރިކަމެއްކަމުގައި ވީނަމަވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ”އެބުނި ބަހަކީ އޭނައިގެ ކިބައިގަ ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ ޣީބައެވެ. އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ ބޮޑުވެގެންވާ ދޮގެކެވެ.” ( މުސްލިމް، ޙަދީޘް ނަންބަރ ،2589)

ޣީބަބުނުމަކީ އަޚުލާޤީ ރީތި ސިފަތައް ފޫއަޅުވާލައި މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި، ފިތުނަ ވެރިކަން އުފައްދާ ނުބައި ވެގެންވާ ވަބާއެކެވެ. ނަމަވެސް މިކަން މިފަދައިންވާ ހިނދުވެސް ބައެއް މަޖިލިސްތަކުގައި ޣީބަ ބުނެ މީސްތަކުންގެ އަބުރު ކަތިލައި، ނަފްސުތަކުގެ ޙުރުމަތް ކަނޑައި ހަދަނީ ކޮންފަދައަކުންތޯއެވެ! މިއަދު މިފަދަ ގިނަ، ތަންތަނުގައިވަނީ ޣީބައިގެ ކުނިވަސް ފެތުރިފައެވެ. އަދި އެކުނިވަހުން ވަސް ދުވާކަން އިހުސާސް ނުވާ ވަރަށް އެވަސް، މިވަނީ މުޖުތަމަޢުތަކުގައި ހިފައިފައެވެ. މިކަން ފެތުރިފައިވާ މިންވަރަކީ، ޣީބައާއި މެދު މީސްތަކުން ޣާފިލުވެ، އަދި މިކަމުގެ ޙަޤީޤަތް އޮޅި، މިކަމަކީ ހުއްދަ ކަމެއްކަމަށް ހީވާ ހިސާބަށް މިކަންވަނީ ގޮސްފައެވެ. އަދި ޣީބަ ބުނެވޭ ހިނދުވެސް އެއީ މާބޮޑުކަމަކަށް ނުހަދައި، އެންމެންވެސް ކޮށްލާ އާދައިގެކަމެއް ކަމަށް ދެކޭ ދަރަޖައަށް މިއަދު މިކަން، މުޖުތަމަޢުތަކުގައި ވަނީ ފެތުރިފައެވެ. މިއަދުގެ ޙާލަތަށް ބަލާއިރު މިކަމުގެ ނުބައިކަމުން ސަލާމަތް ވެވެނީ ﷲގެ ރަހުމަތުން މިދީނުގައި ޘާބިތުވެގެން ހުރި މީހަކަށެވެ. އަދި އެއީ މަދު އިނގިލި ތަކަކުން ގުނާލެވޭހާ މަދު ބަޔެކެވެ.

=ނުނިމޭ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް