[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާ އަދިވެސް މިއުޒިކު އަޑުއަހަނީ ހެއްޔެވެ؟

އެކަމެއްގެ ޙަރާމް ކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވާ އެއްކަމަކީ ލަވަޔާއި މިއުޒިކެވެ. އެހެނީ ލަވަޔާއި މިއުޒިކަކީ އުންމަތުގެ ކުރީގެ ބޮޑެތި ޢިލްމުވެރީން އޭގެ ޙަރާމްކަމާ މެދު އިއްތިފާޤުވެލައްވާ ކަމެކެވެ. މަޝްހޫރު ހަތަރު މަޒްހަބުގެ މެދުގައިވެސް މިކަންއޮތީހަމަ މިހެންނެވެ.

قال شيخ الإسلام ابن تيمية رحمه الله: “فَإِنَّهُمْ مُتَّفِقُونَ – أي الأَئِمَّةالأَرْبَعَة– عَلَى تَحْرِيمِ الْمَعَازِفِ” [منهاج السنة النبوية٣/٤٣٩]

މާނައީ: ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. “ހަމަކަށަވަރުން އެބޭފުޅުން (އެބަހީ :ހަތަރު މަޒްހަބުގެ އިމާމުން)ވަނީ ލަވަޔާ މިއުޒިކުގެ ސާމާނު ޙަރާމް ކަމާމެދު އިއްތިފާޤުވެލައްވާފައެވެ.”

އަދި އެކަމުގެ ޙަރާމްކަމަށް އުންމަތް އިޖްމާޢުވެފައިވާކަމަށް ވިދާޅުވާ ޢިލްމުވެރިންގެތެރޭގައި އިމާމް ޤުރުޠުބީ، އިބްން ރަޖަބް، އިބްން ޞަލާޙް އަދި އިބްން ޙަޖަރު އަލްޙައިތަމީ -رحمهم الله-ފަދަބޭކަލުން ހިމެނެއެވެ.

މައްސަލައަކީ މިހާ ސާފު މައްސަލައަކަށްވީއިރު، ތިމާމެންނަކީ މުސްލިމުންނޭ ކިޔައިގެން ތިބި ބަޔަކު މިފަދަ ބޮޑު ޙަރާމް ކަމެއްގެ ތެރެއަށް ވެއްޓިގަންނަން ހެޔޮވާނެތޯއެވެ؟

އާދޭހެވެ. ކަމަކީ ވަރަށްވެސް ސީރިއަސްކަމެކެވެ. އަދި އެހާމެ ނުރައްކާތެރި ކަމެކެވެ. އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ބަޔާންވެފައިހުރި ޞައްޙަ ޙަދީޘްތައް އެބަހުއްޓެވެ.

عَنْ عِمْرَانَ بْنِ حُصَيْنٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((فِي هَذِهِ الأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ))، فَقَالَ رَجُلٌ مِنَ المُسْلِمِينَ: يَا رَسُولَ اللَّهِ، وَمَتَى ذَاكَ؟ قَالَ: ((إِذَا ظَهَرَتِ القَيْنَاتُ وَالمَعَازِفُ وَشُرِبَتِ الخُمُورُ)) [رواه الترمذي وصححه الألباني]

މާނައީ: عمران بن حصينގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. “މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ.” ފަހެ މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ صلى الله عليه وسلمއެވެ. އެއީ ކޮންއިރަކުންތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރާބުއިމާއި މިއުޒިކު ސާމާނާއި ލަވަކިޔާ އަޅުއަންހެނުން ޢާއްމުވުމުންނެވެ.”

عَنْ أَبِي مَالِكٍ الْأَشْعَرِيِّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ، يُسَمُّونَهَا بِغَيْرِ اسْمِهَا، يُعْزَفُ عَلَى رُؤوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ، يَخْسِفُ اللَّهُ بِهِمُ الْأَرْضَ، وَيَجْعَلُ مِنْهُمْ الْقِرَدَةَ وَالْخَنَازِيرَ)) [رواه ابن ماجه وصححه الألباني في غاية المرام]

މާނައީ: أبي مالك الأشعريގެއަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިޔުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައިމީހުން ބިމުގެ އަޑިއަށް ގަންބަވާނެތެވެ. އަދި އެބައިމީހުން ރާމާމަކުނާއި އޫރުތަކަށް ބަދަލު ކުރައްވާނެއެވެ.”

ވީމާ، އޭމުސްލިމު އަޚުންނާ އުޚްތުންނޭވެ! މިފަދަ ޙަދީޘް ބަސްފުޅުތަކުން އިންޒާރު ލިބިގަންނާށެވެ. ﷲ އާއި ރަސޫލާ صلى الله عليه وسلمކަމެއް ނަހީ ކުރެއްވުމުން މިވެނި އެވެނި ބަޔަކު ތިކަން މަނާ ކުރުމުން ނޫނީ އަހުރެމެން ތިކަން ނުހުއްޓާނަމޭ ކިޔާފައި މިފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުން ހެޔޮނުވާނެއެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެން ވަނީ މިކަން ހުއްޓުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމެވެ. ނޫންނަމަ ގަދަކީރިތިވަންތަ ﷲ ގެ ކޯފާ އަޅުގަނޑުމެންގެ މައްޗަށް ޙައްޤުވެދާނެއެވެ.

عن حذيفة بن اليمان رضي الله عنه عن النبي صلى الله عليه وسلم قال: ((وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُونَهُ فَلاَ يُسْتَجَابُ لَكُمْ))[رواه الترمذي وحسنه الألباني]

މާނައީ: ޙުޛައިފާ ބުނުލްޔަމާންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. رسول الله صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާހުށިކަމެވެ. ނޫންނަމަ ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެއިލާހުގެ ޙަޟްރަތުން ކޯފާއެއް ފޮނުއްވަފާނެއެވެ. ދެން އެއަށްފަހު ތިޔަބައިމީހުން އެއިލާހަށް ދުޢާކުރިޔަސް ތިޔަބައިމީހުންނަކަށް އިޖާބައެއް ނުކުރެއްވޭނެތެވެ.”