17- ]حَسْبِيَ اللَّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ[([1]).
ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. الله މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާންގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާންގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާންގެއެވެ.
ނޯޓް: މަތީގައި ރޮނގުބުރި ދަމާފައި އެވަނީ ޤުރުއާނުގެ ތަފްސީރުއާއި އެއްގޮތަށް މާނަކުރެވިފައިވާ ތަންތަނުގައެވެ. އަދި މިއާޔަތުގައި މުޚާޠަބު ކުރައްވަފައިވަނީ ރަސޫލާ صلى الله عليه وسلم އަށެވެ. ނަމަވެސް ދުޢާކުރާއިރު ފުރަތަމަ ތަނުގައި (ތިމަންއަޅާއަށް) އަދި ދެވަނަ ތަނުގައި (ތިމަންއަޅާ) މިފަދައިން ހިތަށް އަރުވާށެވެ.
18- ]رَبَّنَا لاَ تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ * وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ[([2]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާންދޭވެ. އަދި كافر ވި މީހުންގެ ކިބައިން، އިބަރަސްކަލާންގެ رحمة ފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާންދޭވެ.
19- ]رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ[([3]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަރަސްކަލާންގެ حضرة އަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބަރަސްކަލާންގެ حضرة ން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި رحمة ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ.
20- ))اللَّهُم يا]فَاطِرَ السَّمَوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ [([4]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވާ އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ. ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާންގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާންދޭވެ. އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާންދޭވެ.
21- ]رَبِّ اجْعَلْ هَـذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ[([5]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާންދޭވެ. އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާންދޭވެ.
22- ]رَبِّ اجْعَلْنِي مُقِيمَ الصَّلاَةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ[([6]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާންދޭވެ. އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާންގެވެ. އަދި އަޅުގެ دعاء قبول ކުރައްވާންދޭވެ.
23- ]رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ[([7]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާންދޭވެ.
24- ]رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا[([8]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާންދޭވެ. އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާންދޭވެ.
25- ]رَبِّ اشْرَحْ لِي صَدْرِي* وَيَسِّرْ لِي أَمْرِي* وَاحْلُلْ عُقْدَةً مِّن لِّسَانِي، يَفْقَهُوا قَوْلِي[([9]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާންދޭވެ. އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާންދޭވެ. އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާންދޭވެ. (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާންދޭވެ). އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ.
26- ]رَّبِّ زِدْنِي عِلْمًا[([10]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މިއަޅާއަށް علم އިތުރުކޮށްދެއްވާންދޭވެ.
27- ]لا إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ[([11]).
އިބަالله މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާންގެ ހުސްطاهر ވަންތަކަމާއެވެ. ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.
28- ]رَبِّ لا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ[([12]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާންދޭވެ. އަދި އިބަރަސްކަލާންގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާންގެއެވެ.
29- ]رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ * وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ[([13]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަالله ގެ حضرة ން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އެ ޝައިޠޯނާ ތިމަންއަޅާގެ ގާތަށް حاضر ވެދާނެކަމަށްޓަކައި އިބަރަސްކަލާންގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.
30- ]رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ[([14]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާންގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާންގެއެވެ.
31- ]رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ[([15]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. ފާފަފުއްސަވައި رحمة ލައްވާންދޭވެ. އިބަރަސްކަލާންގެއީ، رحمة ލައްވާ، އެންމެހެޔޮ ރަސްކަލާންގެއެވެ.
32- ]رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا*إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا [([16]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާންދޭވެ. ހަމަކަށަވަރުން، އެތާންގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.
33- ]رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا[([17]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާންދޭވެ. އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާންދޭވެ.
34- ]رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ* وَاجْعَلْ لِي لِسَانَ صِدْقٍ فِي الآخِرِينَ * وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ [ ([18]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މިއަޅާއަށް علم އާއި، ވިސްނުން ދެއްވާންދޭވެ. އަދި صالح ންގެތެރެއިން މިއަޅާ ލައްވާންދޭވެ. ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާންދޭވެ. އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާންދޭވެ.
35- ]وَلا تُخْزِنِي يَوْمَ يُبْعَثُونَ * يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ [([19]).
އަދި އެއުރެން (އެބަހީ: މީސްތަކުން) محشر އަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާންދޭވެ. އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ.
36- ]رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِين[([20]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާންގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާންދޭވެ. އަދި އިބަރަސްކަލާންގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާންދޭވެ.
37- ]رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي[([21]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް ފާފަފުއްސަވާންދޭވެ.
38- ]رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ[([22]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާންދޭވެ.
39- ]عَسَى رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ[([23]).
އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ.
40- ]رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ[([24]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
41- ]رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ[([25]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. فساد ކުރާމީހުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާންދޭވެ.
42- ]رَبِّ هَبْ لِي مِنَ الصَّالِحِينَ[([26]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާންދޭވެ.
43- ]رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ[([27]).
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާންގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާންދޭވެ. އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާންދޭވެ. ހަމަކަށަވަރުން، ތިމަންއަޅާ އިބަ الله އަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ.
44- ]رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ وَلا تَجْعَلْ فِي قُلُوبِنَا غِلاً لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ[([28]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންންނަށް ފާފަފުއްސަވާންދޭވެ. އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާންދޭވެ. އަޅަމެންގެ ވެރިރަސްކަލާންގެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާންގެއެވެ.
45- ]رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ[([29]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. ހަމައެކަނި، އިބަރަސްކަލާންގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާންގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާންގެ حضرة އަށެވެ.
46- ]رَبَّنَا لا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ[([30]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާންދޭވެ. އަދި އަޅަމެންނަށް ފާފަފުއްސަވާންދޭވެ. އަޅަމެންގެ ވެރިރަސްކަލާންގެވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާންގެއެވެ.
47- ]رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ[([31]).
އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެންގެ نور ( އެބަހި ސުވަރުގެއަށް ދިއުމުގެ މަގު) އަޅަމެންނަށް ފުރިހަމަކޮށްދެއްވާންދޭވެ. އަދި އަޅަމެންނަށް ފާފަފުއްސަވާންދޭވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.
([1]) سورة التوبة، الآية: 129.
([2]) سورة يونس، الآيتان: 85- 86.
([3]) سورة هود، الآية: 47.
([4]) سورة يوسف،الآية: 101،وانظر للفائدة:كتاب الفوائد لابن القيم،ص 436، و437.
([5]) سورة إبراهيم، الآية: 35.
([6]) سورة إبراهيم، الآية: 40.
([7]) سورة إبراهيم، الآية: 41.
([8]) سورة الكهف، الآية: 10.
([9]) سورة طه، الآيات: 25-28.
([10]) سورة طه، الآية: 114.
([11]) سورة الأنبياء، الآية: 87.
([12]) سورة الأنبياء، الآية: 89.
([13]) سورة المؤمنون، الآيتان: 97- 98.
([14]) سورة المؤمنون، الآية: 109.
([15]) سورة المؤمنون، الآية: 118.
([16]) سورة الفرقان، الآيتان: 65- 66.
([17]) سورة الفرقان، الآية: 74.
([18]) سورة الشعراء، الآيات: 83-85.
([19]) سورة الشعراء، الآيات: 87- 89.
([20]) سورة النمل، الآية: 19.
([21]) سورة القصص، الآية: 16.
([22]) سورة القصص، الآية: 21.
([23]) سورة القصص، الآية: 22.
([24]) سورة القصص، الآية: 24.
([25]) سورة العنكبوت، الآية: 30.
([26]) سورة الصافات، الآية: 100.
([27]) سورة الأحقاف، الآية: 15.
([28]) سورة الحشر، الآية: 10.
([29]) سورة الممتحنة، الآية: 4.
([30]) سورة الممتحنة، الآية: 5.
([31]) سورة التحريم، الآية: 8.
ލިޔުމުގެ 1 ވަނަ ބަޔަށް ވަޑައިގަންނަވާ
ލިޔުމުގެ 2 ވަނަބަޔަށް ވަޑައިގަންނަވާ