48- ]رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ[([1]).
މިއަޅާއާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާންދޭވެ.
49- ((اللَّهُمَّ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ))([2]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެއުރެން حق ގެ ތެރެއިން އިޚްތިލާފްވެވިފައިވާ ކަންތަކުގައި މިއަޅާއަށް އިބަاللَّه، އެކަލާނގެ إذن ފުޅުން ތެދުމަގު ދައްކަވަމުއެވެ. އަދި އިބަاللَّه، އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވަތެވެ.
50- ((اللَّهُمَّ آتِني الحِكْمَةَ الَّتي مَنْ أُوتِيهَا فَقَدْ أُوتِيَ خَيْرًا كَثِيرًا))([3]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް حكمة ދެއްވާންދޭވެ. އަދި، އެއީ (އެމީހަކަށް) حكمة ލިބިއްޖެމީހާއަށް ގިނަގުނަވެގެންވާ ހެޔޮކަން ލިބެނިވި حكمة ވެ.
51- ((اللَّهُمَّ ثَبِّتْنِي بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ))([4]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޙައްޤުވެ ޘާބިތުވެގެންވާ ބަސްފުޅުން (އެބަހީ: شهادة ގެ ދެކަލިމައިން) ދުނިޔޭގެ حياة ގައްޔާއި، آخرة ގައި (އެބަހި: ކައްވަޅުގައި) މިއަޅާ ޘާބިތުކޮށްދެއްވާންދޭވެ.
52- ((اللَّهُمَ حَبَّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ))([5]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަަޅަމެން إيمان ކަމަށް ލޯބިޖައްސަވައި، އަދި ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރި ކުރައްވާންދޭވެ. އަދި كافر ކަމާއި، فاسق ކަމާއި، އުރެދުން އަަޅަމެންނަށް ނުރުހުންތެރި ކުރައްވާންދޭވެ. އަދި ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން އަޅަމެން ލައްވަވާންދޭވެ.
53- ((اللَّهُمَّ قِنِي شُحَّ نَفْسِي وَاجْعَلْنِي مِنَ الْمُفْلِحِينَ))([6]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަމިއްލަ نفس ގެ ދަހިވެތިކަމުން މިއަޅާ މިންޖު ކުރައްވާފާންދޭވެ. އަދި ދިންނެވި ( ކާމިޔާބު ލިބިގެންވާ) މީހުންގެ ތެރެއިން މިއަޅާ ލައްވަވާންދޭވެ.
54- ((اللهمّ آتنا في الدنيا حسنة،وفي الآخرة حسنة وقنا عذاب النار))([7]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާންދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާންދޭވެ.
55- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَفِتْنَةِ الْقَبْرِ، وَعَذَابِ الْقَبْرِ، وَشَرِّ فِتْنَةِ الْغِنَى، وَشَرِّ فِتْنَةِ الْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ قَلْبِي بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنْ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنْ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْكَسَلِ وَالْمَأْثَمِ وَالْمَغْرَمِ))([8]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ނަރަކައާއި ކައްވަޅުގެ ފިތުންއިންނާއި ޢަޒާބުން އަދި މުއްސަނދިކަމާއި ފަޤީރުކަމުގެ ނުބައި ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މަސީޙުއްދައްޖާލްގެ ނުބައި ފިތުނައިން މިއަޅާ ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ހިތް ސުނޯއިންނާއި ގަނޑު ފެނުންނާއި ފެނުން ދޮވެދެއްވާންދޭވެ. އަދި ހަޑިވެފައިވާ ހުދުހެދުމެއް ސާފުކުރެއްވިފަދައިން މިއަޅާގެ ހިތް ފާފަތަކުން ސާފުކުރައްވާންދޭވެ. އަދި مشرق އާއި مغرب ދުރުކުރެއްވި ފަދައިން މިއަޅާއާއި ފާފަތަކާ ދެމެދު ދުރުކުރުން ލައްވާންދޭވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކަންނެތް ކަމުންނާއި ފާފަކުރުމުންނާއި ދަރަނިވެރިވުމުން މިއަޅާ ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
56- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْهَرَمِ، والْبُخْلِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ))([9]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ބަޚީލުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ. އަދި ކައްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
57- ((اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ))([10]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޞީބާތުގެ ގަދަފަދަ ކަމުންނާއި އަބާއްޖަވެރިކަމުންނާއި، އަދި ނިޔާގެ (އެބަހީ: ޤަޟޯ ޤަދަރު) ނުބައިކަމުން، އަދި ހަނގުރާމާގައި ޢަދުއްވުންނާ ކުރިމަތިލާ ހިނދު ލިބުނު ދެރައާމެދު ޢަދުއްވުން އުފާކުރުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
58- ((اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ))([11]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ކަންތައްތަކުގެ ރައްކާތެރިކަންވާ މިއަޅާގެ ދީން މިއަޅާއަށް ސީދާކޮށްދެއްވާންދޭވެ. އަދި އެތަނެއްގައި މިއަޅާގެ ދިރިއުޅުންވާ މިއަޅާގެ ދުނިޔެ މިއަޅާއަށް ސީދާކޮށްދެއްވާންދޭވެ. އަދި އެތަނަކަށް މިއަޅާ އެނބުރި ދާންއޮތް އާޚިރަތް މިއަޅާއަށްޓަކައި ޘާބިތުކޮށްދެއްވާންދޭވެ. އަދި ކޮންމެ ހެޔޮކަމެއްގައި މިއަޅާގެ ދިރިހުރުން އިތުރު ކުރައްވާންދޭވެ. އަދި ކޮންމެ ނުބައި ކަމަކުން (އެބަހީ: މަރުގެ ތަކުލީފުން) އަރާމުދޭ އެއްޗެއް ކަމުގައި މިއަޅާގެ މަރު ލައްވާންދޭވެ.
59- ((اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى، وَالتُّقَى، وَالْعَفَافَ، وَالْغِنَى))([12]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހިދާޔަތައި ތަޤްވާވެރިކަން (الله އަށް ބިރުވެތިވުން)، އަދި ޢިއްފަތްތެރިކަމާއި (އެބަހީ: އެންމެހާ ނުބައިކަމަކުން ރައްކާތެރިކަމާއި) ފުދުންތެރިކަން ދެއްވުންއެދި ﷲ ގެ حضرةން ދަންނަވަމެވެ.
60- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْبُخْلِ، وَالْهَرَمِ، وَعَذَابِ الْقَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا))([13]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި ބަޚީލުކަމުން އަދި ކައްވަޅުގެ ޢަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސަށް އެނަފްސުގެ ތަޤްވާވެރިކަން (ބިރުވެތިކަން) ދެއްވަވާ އަދި އެނަފްސު ތޯހިރު ކުރައްވާންދޭވެާ. ހަމަކަށަވަރުން އިބަ اللهއީ އެންމެމޮޅަށް އެނަފްސު ތޯހިރުކުރައްވާ ރަސްކަލާނަގެއެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަދި ފައިދާއެއް ނެތް ޢިލްމަކުންނާއި ބިރުވެތިނުވާ ހިތްތަކުންނާއި ބަނޑުނުފުރޭ ނަފްސުތަކުން އަދި އިޖާބަ ނުކުރެވޭ ދުޢާއަކުން މިއަޅާ ރައްކާތެރިކޮށް ދެއްވާންދޭވެ.
61- ((اللَّهُمَّ اهْدِنِي وَسَدِّدْنِي، ނުވަތަ اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ))([14]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ހިދާޔަތާއި ސީދާކަން ދެއްވާންދޭވެ.
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހިދާޔަތާއި ސާބިތުކަންު ދެއްވެވުންއެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
62- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ))([15]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ اللهގެ ނިޢުމަތްތަށް ފިލާ ދިއުމުންނާއި އިބަ اللهގެ ހިދާޔަތް ބަދަލުވުމުންނާއި އިބަ اللهގެ ކޯފާ ކުއްލިއަކަށް އައުމުންނާއި އަދި އިބަ اللهގެ އެންމެހާ ނުރުއްސެވުމަކުން ރަށްކާތެރިކަން ދެއްވުންއެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
63- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ، وَمِنْ شَرِّ مَا لَمْ أَعْمَلْ))([16]).
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުރި ނުބައި ޢަމަލުތަކުންނާއި އަދި ނުކުރާ އެންމެހާ ނުބައި ޢަމަލުތަކުން ރައްކާތެރިކަން ދެއްވުންއެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
([1]) سورة نوح، الآية: 28.
([2])من سورة البقرة، الآية: 213.
([3])من سورة البقرة، الآية:269.
([4])من سورة إبراهيم، الآية: 27.
([5])من سورة الحجرات، الآية: 7.
([6])من سورة التغابن، الآية: 16.
([7])البخاري، برقم 4522، ورقم 6389، ومسلم، برقم 2690.
([8]) البخاري، برقم 832، ومسلم، برقم 589.
([9]) البخاري، برقم 2823، ومسلم، برقم 2706.
([10]) البخاري، برقم 6347، ومسلم، برقم 2707، ولفظه: ((كان رسول اللهصلى الله عليه وسلم يتعوذ من جهد البلاء، ودرك الشقاء، وسوء القضاء،وشماتة الأعداء)).
([11]) أخرجه مسلم، برقم 2720.
([12]) أخرجه مسلم، برقم 2721.
([13]) أخرجه مسلم، برقم 2722.
([14]) أخرجه مسلم، برقم 2725.
([15]) أخرجه مسلم، برقم 2739.