[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބިލީހުގެ ނުބައި ރޭވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިންސާނުން މަގުފުރެއްދުމަށްޓަކައި ލެހެއްޓެވިގެންވާ މީހަކަށްވުމަށް، ﷲގެ ޙަޟްރަތުގައި އިބިލީސް އެދިދެންނެވިއެވެ. އަދި  މިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑާކަމާއެކު އިބިލީސް އިޢުލާންކުރިއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ  *  ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ﴾ (سورة الأعراف ١٦-١٧)

މާނައީ: “އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރެއްވުމުގެ ސަބަބުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. (16) ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، ކަނާތްފަރާތުންނާއި، ވާތްފަރާތުން އެއުރެންގެ ގާތަށް ތިމަން އަންނަހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނެއެވެ. (17)”

 

﴿قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ  *   إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ﴾ (سورة الحجر ٣٩-٤٠)

މާނައީ: “އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ رَبُّއެވެ. އިބަރަސްކަލާނގެ ތިމަން މަގުފުރެއްދެވިކަމުގެ ސަބަބުން އެއުރެންނަށް ބިމުގައި (ފާފަތައް) ތިމަން ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. (39) އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރުކުރައްވާފައިވާ މީހުން މެނުވީއެވެ. (40).”

 

﴿قَالَ أَرَأَيْتَكَ هَـٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا﴾ (سورة الإسراء ٦٢)

މާނައީ: “އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ދެކެވޮޑިނުގައްނަވާނުތޯއެވެ. ޤިޔާމަތަށް ދާނދެން، އިބަރަސްކަލާނގެ ތިމަން ލަހައްޓަވައި ދެއްވައިފިނަމަ،  ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ މަގުފުރައްދާހުށީމެވެ.”

 

﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ  *  إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ﴾ (سورة ص ٨٢-٨٣)

މާނައީ: “އެކަލޭގެ ދެންނެވިއެވެ. ފަހެ އިބަރަސްކަލާނގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ. (82) އެއުރެންކުރެ އިބަރަސްކަލާނގެ ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ. (83)”

މީގެ އިތުރުން އިންސާނުންނަށް ގެއްލުންދިނުމަށް އެކަލޭގެ ރާވާފައިވާ ރޭވުމުގެ ބައެއް ޚާއްޞަ ތަފްޞީލުތައް އެކަލޭގެ ދިނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿لَّعَنَهُ اللَّـهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا  *  وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّـهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّـهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا﴾ (سورة النساء ١١٨-١١٩)  

މާނައީ: ” ﷲ އެކަލޭގެއަށް ލަޢުނަތް ލައްވާފައިވެއެވެ. އެކަލޭގެ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ތިމަން ހިފާހުށީމެވެ. (118) އަދި ތިމަން އެއުރެން މަގުފުރައްދާހުށީމެވެ. އަދި ތިމަން އެއުރެން ލައްވައި އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި ނަޢަމްސޫފީގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި ﷲގެ ޚަލްޤު ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ ފަހެ ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ. (119)”

_________________________________

އަލްކިތާބް އެންޑް އައްސުންނާ ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (އާދަމް: ފާދަރ އޮފް ހިއުމަނިޓީ – މުޙައްމަދު މުޞްޠަފާ އަލްޖިބާލީ) އެފޮތުން ނަގާފައި