عَنْ عُمَرَ -رَضِي اللهُ تَعَالَى عَنْهُ- أَيْضًا قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ -صَلّى الله عَلَيْهِ وَسَلَّمَ- ذَاتَ يَومٍ، إِذْ طَلَعَ عَلَينَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفْهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ -صَلّى الله عَلَيْهِ وَسَلَّمَ- فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ:
((يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَمِ)). فَقَالَ رَسُولُ اللهِ -صَلّى الله عَلَيْهِ وَسَلَّمَ-: ((الإِسْلاَمُ أَنْ تَشْهَدَ أَن لاَ إِلَهَ إِلاَّ اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيْمَ الصَّلاَةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيْلاً)). قَالَ: ((صَدَقْتَ)). فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ!
قَالَ: ((فَأَخْبِرْنِيْ عَنِ الإِيْمَانِ)). قَالَ: ((أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَومِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ)). قَالَ: ((صَدَقْتَ)).
قَالَ: ((فَأَخْبِرْنِيْ عَنِ الإِحْسَانِ)). قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)).
قَالَ: ((فَأَخْبِرْنِي عَنِ السَّاعَةِ)). قَالَ: ((مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ)). قَالَ: ((أَخْبِرْنِي عَنْ أَمَارَاتِهَا)). قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ العُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ)).
ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ: ((يَا عُمَرُ، أَتَدْرِي مَنِ السَّائِلُ؟)) قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيْلُ، أَتَاكُمْ يُعَلِّمَكُمْ دِيْنَكُمْ)).
رَوَاهُ مُسْلِمٌ.
މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ކިބައިން އަދިވެސް ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނުގެ އަރިހުގައި، ތިމަންބޭކަލުން ތިއްބަވަނިކޮށް، ހުދުކުލަގަދަ ފޭރާމެއްގައި ހުރި، ބޮލުގެ އިސްތަށިތައް ކަޅުކުލަގަދަ ބޭކަލަކު އެތަނަށް ވަޑައިގެންފިއެވެ. އެބޭކަލެއްގެ ކިބައިން ދަތަރުވެރިއެއްގެ އަސަރުތަކެއް ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެއީ ކޮން ބޭކަލެއްކަމެއް އެނގިވަޑައެއް ނުގަނެއެވެ. ދެން އެބޭކަލެއްގެ ދެކަކޫ، ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ ދެކަކޫފުޅުގައި ޖައްސަވައި، އިށީންދެވަޑައިގަތެވެ. އަދި އެބޭކަލެއްގެ ދެފައިންޕުޅުގެ ފަލަމަސްގަނޑުފުޅުމަތީގައި ދެއަތްޕުޅުބާއްވައިފިއެވެ. އަދި ވިދާޅުވިއެވެ
“އޭ މުޙައްމަދުގެފާނެއެވެ! އިސްލާމްކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.” ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. ” އިސްލާމްކަމަކީ – މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތްކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ މާތްﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތްދިނުމާޢި، ރަމަޟާންމަހު ރޯދަހިފުމާއި، ކުޅަދާނަވެގެންވާ މީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދެކެވެ.” (ޢުމަރުގެފާނު ވިދާޅުވިއެވެ.) އެބޭކަލެއްގެ ކިބައިން ތިމަންބޭކަލުން ޢަޖައިބުވީމެވެ. (އެހެނީ) އިތުރު އެކަލޭގެފާނާއި ސުވާލުކުރައްވައި އަދި އެކަލޭގެފާނުގެ ބަސްފުޅު އެއީ ތެދު ބަސްފުޅެއްކަމުގައިވެސް ވިދާޅުވާތީއެވެ.
ދެން އެބޭކަލަކު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.”
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާ މާތް ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާއްވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ރަސޫލު ބޭކަލުންނާއި، އާޚިރަތް ދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދެކެވެ.
“ފަހެ އިޙްސާންކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެ ދެއްވާށެވެ.”
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (އެއީ) “މާތްﷲފެ ރަސްކަންފުޅު ފެންނަ ފަދައިން އެކަލާނގެއަށް ތިބާ އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ރަސްކަންފުޅު ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވާނެއެވެ.”
އެބޭކަލަކު ވިދާޅުވިއެވެ. “ފަހެ ޤިޔާމަތްވާނެ ވަގުތެއް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.” އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވާލުކުރި މީހާއަށްވުރެ، އެވަގުތެއްގެ ހަބަރު، ދެނެހުރުން ބޮޑުކަމުގައި، ސުވާލު ވެވުނު މީހާނުވެއެވެ”
އެބޭކަލަކު ވިދާޅުވިއެވެ. “އޭގެ އަލާމާތްތަކާއިމެދުގައި ޚަބަރުދެއްވާށެވެ.” އިތުރު އެކލޭގެފާނު ހަދީޘްކުރެއްވިއެވެ. “އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. އަދި ފައިވާނަށް ނާރާމީހުންނާއި، އޮރިޔާމުން އުޅޭމީހުންނާއި، އަދި ބަކަރި ހުއިހައްޕާ ފަޤީރުން އުސް، ރީތި ޢިމާރާތްތައް ހެދުމުގައި އެކަކު އަނެކަކާއި ވާދަކުރާނެތެވެ.”
ދެން އެބޭކަލަކު ހިގައްޖެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ދުވަސްތަކަކަށްފަހު އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރުގެފާނެވެ! އެސުވާލު ކުރީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާ ދެނެވޮޑިގަތުން ބޮޑެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެއީ ޖިބްރީލްގެފާނެވެ. ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް އުގަންނައި ދެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންނެވީއެވެ“
ޝަރަޙަ:
މިއީ ޤަދަރު މަތިވެރިވެގެންވާ އަދި ދީނުގެ ހުރިހާ ބާބެއް އެންމެ ކުރުކޮށް، ސާފުކޮށް އެއްކޮއްލެވިފައިވާ ހަދީޘެކެވެ. އެހެންކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ފިޔަވައި، މުޅި މި ހަދީޘް ސިފަކޮއްދޭނޭ އިތުރު އެޔަށްވުރެ ރަނގަޅު ގޮތެއް ނުވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ: ((فَإِنَّهُ جِبْرِيْلُ، أَتَاكُمْ يُعَلِّمَكُمْ دِيْنَكُمْ)). “ހަމަކަށަވަރުން އެއީ ޖިބްރީލްގެފާނެވެ. ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް އުގަންނައި ދެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންނެވީއެވެ”
((إِذْ طَلَعَ عَلَينَا رَجُلٌ )) “އެތަނަށް ފިރިހެނަކު އައެވެ.” މިތާނގައި މިވަނީ ވަކިން ކާކުކަން ނޭނގޭ ގޮތަށް ބަޔާންކުރެވިފައެވެ. އެއީ ފިރިހެނެއްގެ ސިފައިގައިހުރި މަލާއިކަތެކެވެ.
(( شَدِيدُ سَوَادِ الشَّعْرِ)) “ބޮލުގެ އިސްތަށިތައް ކަޅުކުލަގަދަ” މާނައަކީ އެއީ ޒުވާނެކެވެ.
((لاَ يُرَى عَلَيْهِ أَثَرُ السَّفَرِ)) “އެބޭކަލެއްގެ ކިބައިން ދަތަރުވެރިއެއްގެ އަސަރުތަކެއް ނުފެނެއެވެ.” އެހެނީ އެބޭކަލެއްގެ ފޭރާންވަނީ ހުދުކުލައިގައެވެ. އަދި އިސްތަށިގަނޑުގެ ކަޅުކަމާއި އަދި ދަތުރެއްގެ ސަބަބުން ބޯހޭވިފައެއް އަދި ކިލައެއް ނެތެވެ.
((وَلاَ يَعْرِفْهُ مِنَّا أَحَدٌ)) “އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް މީހަކަށް އެއީ ކޮންބޭކަލެއްކަމެއް ނޭނގެއެވެ.” މާނައީ މަދީނާގެ ދަންނަ އަހުލުވެރިންގެ ތެރެއިންވާ ބޭކަލެއް ނޫނެވެ. ބީރައްޓެއްސެކެވެ.
((وَوَضَعَ كَفَّيْهِ)) އަދި އެބޭކަލެއްގެ ދެ އަތްތިލަ ބޭއްވެވިއެވެ. ((عَلَى فَخِذَيْهِ)) “އެބޭކަލެއްގެ (ދެފައިންޕުޅުގެ) ފަލަމަސްގަނޑުފުޅު މަތީގައި” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަލަމަސްގަނޑުފުޅު މަތީގައެއް ނޫނެވެ.
((وَقَالَ: يَا مُحَمَّدُ)) “އަދި ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެއެވެ!” މިތަނުގައި އޭ ރަސޫލު ﷲ އޭ ވިދާޅުނުވީ އެއީ އެބޭކަލަކީ އައުރާބީއެއްކަމަށް ޞަޙާބީންނަށް ހީފުޅު ކުރެއްވުމަށެވެ. އެހެނީ އަޢުރާބީން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ގޮވާ ހަދަނީ އެކަލޭގެފާނުގެ ނަމުންނެވެ. އަދި މަދީނާގެ އަހުލުވެރިން ގޮވާ ހަދަނީ އެކަލޭގެފާނުގެ ނުބުއްވަތުގެ ނުވަތަ ރިސާލަތުގެ ސިފައިންނެވެ.
((الإِسْلاَمُ أَنْ تَشْهَدَ أَن لاَ إِلَهَ إِلاَّ اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ)) “އިސްލާމްކަމަކީ – މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތްކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ މާތްﷲގެ ރަސޫލާކަމަށް ހެކިވުމާއި،” تَشْهَدَ: ހެކިވުން. މާނައީ ހިތާއި ދުލުން އިޤުރާރުވެ އެއްބަސްވުމެވެ. ހަމައެކަނި ދުލަކުން ނުފުދޭނެއެވެ. ދުލާއި އެކު ހިތުންވެސް އެކަމަށް އިޤުރާރުވެ އެއްބަސްވާން ޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
إِلَّا مَنْ شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
“އެއުރެން ދެނެތިބެ، حق އަށް ހެކިދިން މީހުން މެނުވީއެވެ” [الزخرف: 86]
((وَأَنَّ مُحَمَّدًا رَسُولُ اللهِ)) މިތަނުގައި ހަމަކަށަވަރުން ތިމަންކަލޭގެފާނީ އޭ ހަދީޘް ނުކުރައްވާ ގެނެސްފައިވަނީ އެކަލޭގެފާނުގެ ނަންފުޅެވެ. އެއީ ނަންފުޅު ގެނައުމުގެ ސަބަބުން ބޮޑަށް ޔަޤީންކަން ގެނެސްދީ އަދި މަތިވެރިވާތީއެވެ.
مُحَمَّدًا އެއީ މުޙައްމަދު ބުން ޢަބްދުﷲ އަލްހާޝިމީ އަލްޤުރަޝީ އެވެ. އެކަލޭގެފާނު އައިސްފައިވަނީ އިސްމާޢީލްގެފާނުގެ ދަރިކޮޅުންނެވެ. އިސްމާޢީލްގެފާނުގެ ދަރިކޮޅުން އިތުރު އެއްވެސް ރަސޫލަކު ނުވެއެވެ.
رَسُولُ اللهِ ރަސޫލުގެ މާނައަކީ ކަމަކައިގެން ފޮނުވިފައިވާމީހާއެވެ. ރަސޫލުންނަކީ ﷲ ތަޢާލާ އެބަޔަކަށް ޝަރީޢަތެއް ބާއްވާލައްވައި އެޔަށް ޢަމަލުކުރުމަށާއި އަދި އެ މީސްތަކުންނަށް ބަޔާންކޮށްދިނުމަށް އަމުރު ކުރައްވާފައިވާ ބޭބޭކަލުންނެވެ.
(ނުނިމޭ)