[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 16

عَنْ أَبِيْ ذَرٍّ رَضِيَ الله عَنْهُ قَالَ : قَالَ النَّبِيُّ صَلَى الله عَلَيْهِ وَسَلَّمَ : (( إِخْوَانُكُمْ خَوَلُكُمْ, جَعَلَهُمُ الله تَحْتَ أَيْدِيكُمْ. فَمَنْ كَانَ أَخُوْهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ وَلْيُلْبِسْهُ مِمَّا يَلْبَسُ . وَلاَ تُكَلِّفُوْهُمْ مَا يَغْلِبُهُمْ فَإِنْ كَلَّفْتُمُوْهُمْ فَأَعِينُوْهُمْ )).   ( مُتَّفَقٌ عَلَيْهِ )

 ޙަދީޘްގެ މާނަ :

އަބޫ ޛައްރު ރަޟިޔަ ﷲ އަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: ((ތިޔަބައިމީހުންގެ އަޚުންނަކީ ތިޔަބައިމީހުންގެ ކަންތައްތައް އިޞްލާޙުކޮށްދޭ ބައެކެވެ. ﷲ ވަނީ އެބައިމީހުން، ތިޔަބައިމީހުންގެ ބާރުގެ ދަށުގައި ލައްވާފައެވެ. ފަހެ އެމީހެއްގެ ބާރުގެ ދަށުގައިވާ އޭނާގެ އަޚާއަށް، އެމީހަކު ކާ އެއްޗަކުން ކާންދޭށެވެ. އަދި ހެދުންލާފަދައިން ހެދުންލައްވާށެވެ. އަދި ނުކުރެވޭވަރުގެ ބުރަމަސައްކަތެއް އެފަދަމީހަކަށް ނުޖައްސާށެވެ. އަދި އެފަދަ މަސައްކަތެއް ހަވާލުކުރިނަމަ، އެމީހަކަށް އެހީތެރިވެދޭށެވެ.))

މިޙަދީޘް ގެންނަވާފައިވަނީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމެވެ.

މިޙަދީޘުންލިބޭ ބައެއްފައިދާ :

* ކޮންމެމީހަކުވެސް އެމީހެއްގެ ބާރުގެދަށުގައިވާ ބަޔަކަށް ހެޔޮކޮށްހިތަންޖެހޭކަން މިޙަދީޘުން ހާމަވެއެވެ.

* މިފަދަބަޔަކަށް މަސައްކަތެއް ހަވާލުކުރާނަމަ އެމީހަކަށް އެކަން ކުރުމަށް ކުޅަދާވެގެންވާ މަސައްކަތް ހަވާލުކުރުން.

* އިސްލާމްދީނުގައި އިންސާނުންގެ ހަމަހަމަކަމަށް ބާރުއަޅުއްވާފައިވާ މިންވަރު.