
سورة التكاثر ގެ ތަފްސީރު 2
ދެން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (حَتَّى زُرْتُمُ الْمَقَابِرَ ) މާނައީ: “ތިޔަބައިމީހުންގެ ކައްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ.” މީގެމުރާދަކީ މަރުވެއްޖައުމަށް ދާނދެނެވެ. ފަހެ އިންސާނާ މަރުވެއްޖައުމަށް ދާނދެން އިސްވެ ބަޔާންކުރެވުނު ކަންކަމާއިގެން އަވަދިނެތި އުޅެއެވެ.