
الحمد لله والصلاة والسلام على رسول الله وبعد:
[ޢަރަބިބަހުގައި] އިޖްތިހާދަކީ: އުނދަގޫކަމެއް ޙާޞިލުކުރުމަށްޓަކައި ބުރަމަސައްކަތްކުރުމެވެ.
އިޞްޠިލާޙީގޮތުން [އިޖްތިހާދަކީ]: ޝަރުޢީ ޙުކުމްދެނެގަތުމަށްޓަކައި ބުރަމަސައްކަތްކުރުމެވެ.
އިޖްތިހާދުކުރުމުގެ ޝަރުޠުތައް:
1 އިޖްތިހާދުކުރުމަށް އެނގެންބޭނުން ޝަރުޢީ ދަލީލުތައް އެނގެންޖެހޭނެއެވެ. އެއީ ޙުކުމްތައް ބަޔާންކުރެވިފައިވާ އާޔަތްތަކާއި ޙަދީޘްތަކެވެ.
2 ޙަދީޘްއެއް ޞައްޙަވުމާއި ޟަޢީފްވުމާއި ގުޅުންހުރި ކަންތައްތައް އެނގެން ޖެހޭނެއެވެ. އެއީ މިޘާލަކަށް: ސަނަދުތައް އެނގުމާއި ޙަދީޘްރިވާކުރާމީހުން އެނގުންފަދަ ކަންތައްތަކެވެ.
3 ނާސިޚު މަންސޫޚުއާއި އިޖުމާޢުވެފައިވާ ކަންތައްތައް އެނގެން ޖެހޭނެއެވެ. އެއީ ޙުކުމްކުރާއިރު މަންސޫޚުވެފައިވާކަމަކަމަށް ޙުކުމްނުކުރުމަށާއި އިޖުމާޢުއާ ޚިލާފަށް ޙުކުމްނުކުރުމަށެވެ.
4 ދަލީލުތަކުގެ ތެރެއިން އޭގެ ސަބަބުން ޙުކުމް ބަދަލުވާކަންތައް އެނގެން ޖެހޭނެއެވެ. އެއީ تخصيصކުރާ އަދި تقييدކުރާ ފަދަ ތެކެއްޗެވެ. އެއީ އެއާ ޚިލާފަށް ޙުކުމްނުކުރުމަށެވެ.
5 ޢަރަބިބަހާއި އުޞޫލުފިޤުހު އެނގެންޖެހޭނެއެވެ. އެއީ ލަފުޒުތަކުން ދަލާލަތުކުރާކަންތައްތައް ދެނެގަތުމަށެވެ. މިޘާލަކަށް العامއާއި الخاص، المطلقއާއި المقيد، المجمل އާއިالمبين ފަދަ ތަކެއްޗެވެ. އެއީ އެދަލާލަތުކުރާގޮތަށް ޙުކުމްކުރުމަށްޓަކައެވެ.
6 ޙުކުމްތައް އޭގެ ދަލީލުތަކުން އިސްތިންބާޠުކުރުމުގެ ކުޅަދާނަކަން އޭނާގެ ކިބައިގައި ހުންނަންޖެހޭނެއެވެ.
=ނުނިމޭ=
_____________________________
މިއީ “އުޞޫލު އައްސިއްތާ” ގެ ޝަރަހައިގައި ފަޟީލަތުއްޝައިޙު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله ގެންނަވާފައިވާ މައުޟޫއެއްގެ ތަރުޖަމާއެވެ. شرح أصول الستة / ص: ١٨١-١٨٤ / طبعة: دار الثريا للنشر
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ: ލިންކު