[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲގެ 99 އިސްމުފުޅު

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ))

މާނައީ: “ހަމަކަށަވަރުން ﷲއަށް ނުވަދިހަނުވަ އިސްމުފުޅުވެއެވެ. ސަތޭކަނުވެ އެންމެ އިސްމުފުޅެކެވެ. އެ އިސްމުފުޅުތައް ދަސްކޮށް، އެ އިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުތައް ދީފިމީހަކު ސުވަރުގެ ވަދެއްޖެއެވެ.” {ބުޚާރީ: (2736، 7392)، މުސްލިމް: (2677)، ތިރުމިޛީ: (3506)، އިބްނު މާޖާ: (3860)}

މިޙަދީޘްގެ ބައެއް ރިވާޔަތްތަކުގައި މިއިސްމުފުޅުތަކަކީ ކޮބައިކަން ވަކިވަކިން އައިސްފައިވެއެވެ. މިގޮތުން އިމާމް އައްތިރުމިޛީއާއި އެނޫން ބޭކަލުން މި ނުވަދިހަނުވަ އިސްމުފުޅު ބަޔާންވެގެން އައިސްފައިވާ ރިވާޔަތް ގެންނަވާފައިވެއެވެ. ނަމަވެސް މިނުވަދިހަނުވަ އިސްމުފުޅު ބަޔާންވެގެން އައިސްފައިވާ ރިވާޔަތް ޞައްޙަވެގެންނުވެއެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ޙަދީޘް ޢިލްމު ދެނެވަޑައިގަންނަވާ އަހުލުވެރިންގެ އިއްތިފާޤުން، (އިސްމުފުޅުތައް) ޢައިނިއްޔަގޮތެއްގައި އައިސްފައިވާ ބަހަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅެއް ނޫނެވެ.” (مجموع الفتاوى: 6/383 من “مجموع ابن قاسم”).

އަދި ޝެއިޚު އަލްއަލްބާނީ “މިޝްކާތުލް މަޞާބީޙު” ގައާއި “ޞަޙީޙް ވަ ޟަޢީފު ތިރުމިޛީ” ގައި އެރިވާޔަތަކީ ޟަޢީފު ރިވާޔަތެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މިރިވާޔަތާ ބެހޭގޮތުން މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“މި އިސްމުފުޅުތައް ޢައިނިއްޔަގޮތެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޞައްޙަވެގެން އައިސްފައެއްނުވެއެވެ. ޢައިނިއްޔަގޮތެއްގައި އިސްމުފުޅުތައް ރިވާވެފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ.” (انظر: القواعد المثلى في صفات الله وإسمائه الحسنى للعثيمين)

ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ޞައްޙަކޮށް ވާރިދުވެފައިވާ 99 އިސްމުފުޅު ޖަމާކޮށްގެން ޝެއިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “القواعد المثلى في صفات الله وأسمائه الحسنى” ގައި ބަޔާންކުރައްވާފައިވާ 99 އިސްމުފުޅު މިތަނުގައި ޛިކުރުކޮށްލަމެވެ.

އެގޮތުން ޤުރުއާނުން ގެންނަވާފައިވާ 81 އިސްމުފުޅަކީ:

اللهُ، الأَحَدُ، الأَعْلَى، الأَكْرَمُ، الإِلهُ، الأَوَّلُ، الآخِرُ، الظَّاهِرُ، الْبَاطِنُ، الْبَارِئُ، الْبَرُّ، الْبَصِيرُ، التَّوَّابُ، الْجَبَّارُ، الْحَافِظُ، الحَسِيْبُ، الْحَفِيظُ، الحَفِيُّ، الحَقُّ، الـمُبِيْنُ،الْحَكِيمُ، الْحَلِيمُ، الْحَمِيدُ، الْحَيُّ، الْقَيُّومُ، الْخَبِيرُ، الْخَالِقُ، الْخَلَّاقُ، الرَّؤُوفُ، الرَّحْمَنُ، الرَّحِيمُ، الرَّزَّاقُ، الرَّقِيبُ، السَّلامُ، السَّمِيعُ، الشَّاكِرُ، الشَّكُورُ، الشَّهِيدُ، الصَّمَدُ، الْعَالِمُ، الْعَزِيزُ، الْعَظِيمُ، الْعَفُوُّ، الْعَلِيمُ، الْعَلِيُّ، الْغَفَّارُ، الْغَفُورُ، الْغَنِيُّ، الْفَتَّاحُ، الْقَادِرُ، الْقَاهِرُ، الْقُدُّوسُ، الْقَدِيْرُ، الْقَرِيبُ، الْقَوِيُّ، الْقَهَّارُ، الْكَبِيْرُ، الْكَرِيمُ، اللَّطِيفُ، الْمُؤْمِنُ، الْمُتَعَالِي، الْمُتَكَبِّرُ، الْمَتِينُ، الْمُجِيبُ، الْمَجِيدُ، الـمُحِيطُ، الْمُصَوِّرُ، الْمُقْتَدِرُ، الْمُقِيتُ، الْمَلِكُ، الـمَلِيكُ، الـمَوْلَى، الْمُهَيْمِنُ، النَّصِيرُ، الْوَاحِدُ، الْوَارِثُ، الْوَاسِعُ، الْوَدُوْدُ، الْوَكِيلُ، الْوَلِيُّ، الْوَهَّابُ.

އަދި ސުންނަތުން ގެންނަވާފައިވާ 18 އިސްމުފުޅަކީ:

الْجَمِيْلُ، الْجَوَادُ، الْحَكَمُ، الْحَيِيُّ، الرَّبُّ، الرَّفِيْقُ، السُّبُّوحُ، السَّيِّدُ، الشَّافِي، الطَّيِّبُ، الْقَابِضُ، الْبَاسِطُ، الـْمُقَدِّمُ، الْـمُؤَخِّرُ، الْـمُحْسِنُ،  الْـمُعْطِيْ، الْـمَنَّانُ، الْوِتْرُ.

އަޅަމެންނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަށާއި ޞިފަފުޅުތަކަށް ޙައްޤުގޮތުގައި އީމާންވާ، މިއިސްމުފުޅުތައް ދަސްކޮށް އެއިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުދިނުމުގެ ސަބަބުން ސުވަރުގެ ޙާޞިލުކުރެވޭ ބައެއްކަމުގައި ލައްވާނދޭވެ! އާމީން.