[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން 2

ފާތިޙާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

1. ((فَاتِحَةُ الْكِتَابِ تَجْزِيْ مَا لاَ يَجْزِيْ شَيْء مِنَ الْقُرْآنِ، وَلَوْ أَنَّ فَاتِحَةُ الْكِتَابِ جَعَلَتْ فِيْ كَفَّةِ الْمِيْزَانِ، وَجَعَلَ الْقُرْآن فِي الْكَفَّةِ الأُخْرَى، لَفَضَلَتْ فَاتِحَةُ الْكِتَابِ عَلَى الْقُرْآنِ سَبْعَ مَرَّات)).

[((ضعيف جدا)) / سلسلة الأحاديث الضعيفة 3996]

މާނައީ: “ޤުރުއާނުގެ އެހެން އެއްވެސް ސޫރަތަކުން ނުފުދޭނެފަދައިން ފާތިޙާ ސޫރަތުން ފުދެއެވެ. މީޒާނުގެ އެއްކޮޅަށް ފާތިޙާ ސޫރަތް ލުމަށްފަހު އަނެއްކޮޅަށް ޤުރުއާން (އެއްކޮށް) ލީކަމުގައިވީނަމަވެސް އެސޫރަތުގެ މަތިވެރިކަން ޤުރުއާނުގެ (އެހެން ސޫރަތްތަކުގެ މައްޗަށް) 7 ގުނަ އިތުރުވެދާހުއްޓެވެ.”

2. ((فَاتِحَةُ الْكِتَابِ شِفَاءٌ مِنَ السُّمّ)).

[((موضوع)) / سلسلة الأحاديث الضعيفة 3997]

މާނައީ: ” ވިހަވުމުން [އެކަން ފަސޭހަކުރުމަށް] ފާތިޙާ ސޫރަތަކީ ޝިފާއެކެވެ.”

3. ((إِذَا وَضَعْت جَنْبك عَلَى الْفِرَاش وَقَرَأْت (فَاتِحَة الْكِتَاب) وَ(قُلْ هُوَ اللَّه أَحَد) فَقَدْ أَمِنْت مِنْ كُلّ شَيْء إِلاَّ الْمَوْت))

[((ضعیف)) / ضعيف الترغيب والترهيب 347]

މާނައީ: “ތިބާ އެނދުގައި އޮށޯވެ، ސޫރަތުލް ފާތިޙާ އަދި ސޫރަތުލް އިޚްލާޞް ކިޔަވައިފި ކަމުގައި ވާނަމަ ހަމަކަށަވަރުން މަރުފިޔަވައި ހުރިހާ އެއްޗެއްގެ ކިބައިން ތިބާއަށް އަމާންކަންލިބިގެން ވެއެވެ.”

4. ((فَاتِحَةُ الْكِتَابِ وَآيَةُ الْكُرْسِي لاَ يَقْرَؤهُمَا عَبْد فِيْ دَارٍ فَيُصِيْبُهُمْ ذَلِكَ الْيَوْم عَيْن إِنْس أَوْ جِنّ)). [((ضعیف)) / ضعيف الجامع الصغير 3952]

މާނައީ: “މީހަކު ގެއެއްގައި ފާތިޙާ ސޫރަތާއި އާޔަތުލް ކުރްސި ކިޔަވައިފިނަމަ، އިންސާނުންގެ އެސްފިންނައިންނާއި ޖިންނީންގެ އެސްފިންނައިގެ ކިބައިން އެދުވަހު ސަލާމަތްވެދާހުއްޓެވެ.”

5. ((فَاتِحَةُ الْكِتَابِ شِفَاءٌ مِنْ كُلِّ دَاءٍ)).

[((ضعیف)) / ضعيف الجامع الصغير 3951]

މާނައީ: “ސޫރަތުލްފާތިޙާ އަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެކެވެ.”

6. ((فَاتِحَةُ الكِتَابِ تَعْدِلُ بِثُلُثِي الْقُرْآنِ)).

[((ضعیف)) / ضعيف الجامع الصغير 3949]

މާނައީ: “ފާތިޙާސޫރަތް ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ