އާލުޢިމްރާން ސޫރަތް
އާލުޢިމްރާން ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ޞައްޙަ ރިވާޔަތެއް:
1. އަބޫއުމާމާ އަލްބާހިލިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ.
((اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ.
اقْرَءُوا الزَّهْرَاوَيْنِ: الْبَقَرَةَ وَسُورَةَ آلِ عِمْرَانَ، فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ، تُحَاجَّانِ عَنْ أَصْحَابِهِمَا.
اقْرَءُوا سُورَةَ الْبَقَرَةِ. فَإِنَّ أَخْذَهَا بَرَكَةٌ، وَتَرْكَهَا حَسْرَةٌ، وَلاَ تَسْتَطِيعُهَا الْبَطَلَةُ.))
[رواه مسلم، أنظر سلسلة الصحيحة / 3992]
މާނައީ: “ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ[އެބަހި: އެޤުރުއާނުގެ] އަހުލުވެރިންނަށް، ޤިޔާމަތް ދުވަހު [ޤުރުއާން] ޝަފާޢަތްތެރި ވާނެއެވެ.
އަދި ތިޔަބައިމީހުން ޒަހްރާވައިން[މާނައީ: ދެނޫރު] ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލުޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެވިލާގަނޑުފަދައިން ނުވަތަ ދެހިޔާވެއްސެއްފަދައިން ނުވަތަ ފިޔަތައްފަތުރާލައިގެންވާ ދޫނީގެ ދެޖަމާޢަތެއްފަދައިން، އޭގެ އަހުލުވެރިންގެ ފަރާތުން ދިފާޢުކުރަމުން އަންނާނެއެވެ.
އަދި ބަޤަރާސޫރަތް ތިޔަބައިމިހުން ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލުގެ އަހުލުވެރިންނަށް އޭގެ މައްޗަށް ގަދަވެނުގަނެވޭނެއެވެ.”
އާލުޢިމްރާން ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:
1. ((مَنْ قَرَأَ السُّورَةَ التِي يُذْكرُ فِيهَا آلُ عِمْرَانَ يَوْمَ الجُمُعَةِ، صَلَّى الله عَلَيْهِ وَمَلاَئِكَتُهُ حَتَّى تَجِبَ الشَّمْسُ.))
[((موضوع)) سلسلة الأحاديث الضعيفة / 415]
މާނައީ: “ޢިމްރާންގެފާނުގެ އާއިލާގެ ވާހަކަ ބަޔާންވެފައިވާ ސޫރަތް، ހުކުރު ދުވަހެއްގައި ކިޔަވައިފި މީހަކަށް، އެދުވަހުގެ އިރު އޮއްސެއްޖައުމަށް ދާންދެން ﷲ އާއި އެކަލާނގެ މާލައިކަތުން ޞަލަވާތް ލައްވައެވެ.”[1]
2. ((اسْمُ اللهِ الأَعْظَمُ الَّذِيْ إِذَا دُعِيَ بِهِ أَجَابَ فِيْ هَذِهِ الآيَةِ مِنْ آلِ عِمْرَانَ : ﴿قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاء﴾ إِلَى آخِرِهِ))
[((موضوع)) سلسلة الأحاديث الضعيفة / 2772]
މާނައީ: “އެއިސްމުފުޅަކުން ދުޢާ ދަންނަވައިފިނަމަ، ދުޢާ އިޖާބަކުރެވޭ، ﷲ ތަޢާލާގެ އެންމެ މާތް އިސްމުފުޅު ހިމެނެނީ އާލުޢިމްރާން ސޫރަތުގެ މިއާޔަތުގައެވެ.
﴿قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِير﴾ [سورة آل عمران 26]
މިއާޔަތުގެ މާނައީ: “‘ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.’“
3. ((الشِّرْكُ أَخْفَى فِي أُمَّتِي مِنْ دَبِيبِ النَّمْلِ عَلَى الصَّفَا فِي اللَّيْلَةِ الظَّلْمَاءِ. وَأَدْنَاهُ أَنْ تُحِبَّ عَلَى شَيْءٍ مِنَ الجَوْرِ أَوْ تُبْغِضَ عَلَى شَيْءٍ مِنَ العَدْلِ. وَهَلِ الدِّينُ إلاَّ الحُبُّ فِي الله وَالْبُغْضُ فَي الله؟ قَالَ الله تَعَالَى: ﴿قُلْ إِنْ كُنْتُمْ تُحِبُّونَ الله فَاتَّبِعُونِي يُحْبِبْكُمُ الله﴾ [آل عمران 31] ))
[((ضعيف)) سلسلة الأحاديث الضعيفة / 3755]
މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައިޝިރުކުކުރުންވަނީކަޅުފޮއިއަނދިރި ރެއެއްގައި އޮމާންހިލައިގެ މަތީގައި ހިރޭ ހިންޏަށްވުރެ ވަންހަނާ އެއްޗެއް ކަމުގައެވެ. އަދި އޭގެ އެންމެ ދަށުދަރަޖައަކީ އަނިޔާވެރިކަމަށް ލޯބިކުރުމާއި ޢަދުލުވެރިކަމަށް ނުރުހުމެވެ. ދީނަކީ ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ނުރުހުންވުން ނޫން ހެއްޔެވެ؟ މާތް ﷲ ވަޙީ ކުރެއްވިއެވެ:
﴿قُلْ إِنْ كُنْتُمْ تُحِبُّونَ الله فَاتَّبِعُونِي يُحْبِبْكُمُ الله﴾
މާނައީ: ‘ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްސްކަލާނގެއެވެ.’ “
4. ((مَنْ قَرَأَ آَخِرَ آلِ عِمْرَانَ فِيْ لَيْلَةٍ كُتِبَ لَهُ قِيَامُ لَيْلَةٍ))
[((ضعيف)) مشكاة المصابيح / 1712]
މާނައީ: “މީހަކު ރޭގަނޑެއްގައި އާލުޢިމްރާން ސޫރަތުގެ ފަހުކޮޅުގެ އާޔަތްތައް ކިޔަވައިފި ކަމުގައި ވަނީނަމަ، އޭނާ ދަމުނަމާދު ކޮށްފިކަމުގައި ލިޔުއްވޭނެއެވެ.”
5. ((مَنْ قَرَأَ سُوْرَةَ آلِ عِمْرَانَ يَوْمَ الْجُمْعَةِ صَلَّتْ عَلَيْهِ الْمَلاَئِكَةُ إِلَى اللَّيْلِ))
[((ضعيف)) مشكاة المصابيح / 2172]
މާނައީ: “ހުކުރުދުވަހު އާލުޢިމްރާން ސޫރަތް ކިޔަވައިފި މީހަކަށް، ރޭވެއްޖައުމަށް ދާންދެން މަލާއިކަތުން ޞަލަވާތް ލެއްވުމަށްއެދި ދަންނަވައެވެ.”
6. ((مَا مِنْ رَجْلٍ يَكُوْنُ عَلَى دَابَّةٍ صَعْبَةٍ فَيَقُوْلُ فِيْ أُذُنِهَا: ﴿أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَنْ فِي السَّمَاوَاتِ وَالأرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُون﴾ (آل عمران 83) إلاَّ وَقَفَتْ بِإِذْنِ اللهِ تَعَالَى)).
[((مقطوع)) الكلم الطيب / 176]
މާނައީ: “މީހަކު ސަވާރީއެއްގެ މަތީ ވަނިކޮށް އެސަވާރީގެ ސަބަބުން އުނދަގޫ ވުމުން، އޭގެ ކަންފަތް ދޮށުގައި މި އާޔަތް ކިޔަވައިފިނަމަ ﷲގެ އިޛުނަފުޅާއެކު އެސަވާރީ ހުއްޓޭނެއެވެ.”
﴿أَفَغَيْرَ دِينِ اللَّهِ يَبْغُونَ وَلَهُ أَسْلَمَ مَنْ فِي السَّمَاوَاتِ وَالأرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُون﴾
މިއާޔަތުގެ މާނައީ: ‘އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެބައިމީޙުން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ ﷲގެ ދީން ފިޔަވައި އެހެން ދީނެއް ހެއްޔެވެ. އަދި، އެބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ، އެކަލާނގެ ޙަޟުރަތަށެވެ.’ “
7. ((مَا خَيَّبَ اللهُ تَعَالَى عَبْدًا قَامَ فِيْ جَوْفِ اللَّيْلِ فَافْتتحَ سُوْرَةَ الْبَقَرَةِ وَ آلِ عِمْرَانَ وَ نعمَ كَنْزُ الْمَرْءِ الْبَقَرَةُ وَ آلُ عِمْرَانَ)). [((ضعيف)) ضعيف الجامع الصغير / 5063]
މާނައީ: “ރޭގަނޑު ދަންވަރުގެ ވަގުތުގައި ތެދުވެ ބަޤަރާ ސޫރަތާއި އާލުޢިމްރާން ސޫރަތުން ފަށައިގެން ރޭއަޅުކަން ކޮށްފިމީހަކު، ﷲ ތަޢާލާ ގެއްލެނި ނުކުރައްވާނެއެވެ. އަދި ބަޤާރާ ސޫރަތާއި އާލުޢިމްރާން ސޫރަތަކީ މިހަކަށް ދެވޭނެ އެންމެ ހެޔޮކަންޒެވެ.”
=ނުނިމޭ=
____________________________
[1] ﷲ އަޅާގެ މައްޗަށްޞަލަވާތްލެއްވުމުގެ މާނައަކީ: އެއިލާހު އެމީހަކާ ބެހޭގޮތުން ޘަނާ ވަޙީކުރެއްވުމެވެ.
އަދި މަލާއިކަތް ބޭކަލުން މިހަކަށް ޞަލަވާތްލެއްވުމުގެ މާނައަކީ: އެބޭކަލުން އެމީހަކަށް ދުޢާކޮށްދިނުމެވެ.
ބައްލަވާ: صحيح البخاري / كتاب: التفسير / باب: ( إن الله وملائكته يصلون على النبي…)