[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 16

ރަމަޟާންމަހުގައި ޝައިޠާނުން ކަސްތަޅުއެޅުވުން.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتْ الشَّيَاطِينُ (متفق عليه)  “ރަމަޟާންމަސް ވަނުމާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކޮށްލެވެއެވެ. އަދި ޝައިޠާނުންތައް ކަސްތަޅުއެޅުވެއެވެ.

އަދިވެސް، އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައިވެއެވެ. إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتْ الشَّيَاطِيْنُ وَمَرَدَةُ الْجِنِّ (رواه الترمذي وصححه الألباني) “ރަމަޟާންމަހުގެ ފުރަތަމަ ރޭ އައުމާއެކު، ނުބައިނުލަފާ ޖިންނީންނާއި ޝައިޠާނުންތައް ކަސްތަޅުއެޅުވެއެވެ.

އަލްޢައްލާމާ މުޙައްމަދު ބިން މުފްލިޙް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މި ޙަދީޘުގައި ބަޔާންވެފައިމިވާ ފަދައިން، ރަމަޟާންމަސް އައުމުން ހުރިހާ ޝައިޠާނުން ޙަޤީޤަތުގައިވެސް ކަސްތަޅުއެޅުވެއެވެ. ނުވަތަ މި ޙަދީޘުގެ އެހެން ލަފްޡެއްގައި (އެބަހީ: މިތަނުގައި ބަޔާންވެފައިމިވާ ދެވަނަ ޙަދީޘްގައި) އައިސްފައިވާ ފަދައިން ކަސްތަޅުއެޅުވެނީ ޝައިޠާނުންގެ ތެރެއިން ނުބައިނުލަފާ އެއްޗިއްސެވެ. މިއީ އަބޫޙާތިމް އިބްނުޙިއްބާން ރަޙިމަހުﷲ އާއި މިނޫން ބައެއް ޢިލްމުވެރިންވެސް ބުރަވެލައްވާ ރައުޔެވެ. އެހެންކަމުން މިތަނުގައި ބަޔާންވެފައިމިވަނީ (ރަމަޟާންމަހުގައި) އެންމެހައި ނުބައި ކަންތަކެއް ނެތިކުރައްވާ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު، ނުބައިކަންތައް ކުޑަކުރައްވާ ވާހަކައެވެ. ސަބަބަކީ ރަމަޟާންމަހުގައި ވާނީ ބޮޑެތި ނުބައިނުލަފާ އެއްޗެހިތައް ކަސްތަޅު އެޅުވިފައެވެ. އަދި ބާކީ ތިބޭނީ ނިކަމެތި އެއްޗެހިތަކެވެ.”

އަދި އެހެންތަނެއްގައި ވިދާޅުވެފައިވެއެވެ. “އިމާމް އަޙްމަދު ރަޙިމަހުﷲ މިމައްސަލައިގައި ހިއްޕަވަނީ ޙަދީޘްގެ ބޭރުފުށުން ނެގެން އޮތް މާނައިގައެވެ. އިމާމް އަޙްމަދުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވިއެވެ. ތިމަން ބައްޕައަށް ދެންނެވީމެވެ. ޖިންނިމޮޔަވެފައިވާ މީހުންނާ އެއެއްޗެހިތައް އަޅައިގަނެގެން އުޅޭތަން ރަމަޟާންމަހުގައިވެސް އަހަރެމެނަށް ފެނެއެވެ؟ (އެބަހީ: މިކަމުގައި ބައްޕަ ވިދާޅުވަނީ ކީކޭތޯއެވެ؟) ބައްޕަ ވިދާޅުވިއެވެ. ޙަދީޘުގައި ބަޔާންވެފައިވަނީ އެއެއްޗެހިތައް ކަސްތަޅުއެޅުވޭ ވާހަކައެވެ. އެހެންވީމާ އެކަމުގައި ދެން އިތުރުވާހަކަތައް ނުދައްކާށެވެ.” މިވާހަކަ ބަޔާންކުރެއްވުމަށްފަހު އިބްނު މުފްލިޙް ރަޙިމަހުﷲ ވިދާޅުވިއެވެ. “އިމާމް އަޙްމަދުގެ އަރިހުގައި، އަޞްލަކީ ޙަދީޘަކާ ބެހޭގޮތުން ސަލަފުންގެ ބޭކަލުން ދައްކަވާފައިވާ ވާހަކައެއް މެނުވީ ނުދެއްކެވުމެވެ.”

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް