[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 7

ilm

.الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

ޢިލްމަށް ޢަމަލު ކުރުމާއި އެކަމާބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލުވެވުން

ކޮންމެ މީހަކަށްވެސް، ﷲ ތަޢާލާ މިދުނިޔޭގައި ދެއްވި ޢިލްމާއި ބޭހޭގޮތުން އަދި އެޢިލްމަކަށް ޢަމަލުކުރިގޮތަކާ ބެހޭގޮތުން ޤިޔާމަތް ދުވަހުން އެކަލާނގެ ސުވާލުކުރައްވާނެއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

((لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعٍ، عَنْ عُمْرِهِ فِيمَا أَفْنَاهُ، وَعَنْ عِلْمِهِ مَا عَمِلَ بِهِ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَفِيمَا أَنْفَقَهُ، وَعَنْ جِسْمِهِ فِيمَا أَبْلَاهُ))[أخرجه الترمذي (2417), وقال حديث حسن صحيح، ورواه البزار والطبراني بإسناد صحيح من حديث معاذ بن جبل]

މާނައީ:” ޤިޔާމަތްދުވަހުން ހަތަރު ކަމަކާ ބެހޭގޮތުން ސުވާލުކުރެވުމަށްފަހު ނޫނީ އަޅާގެ ދެފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ. އޭނަގެ ޢުމުރާއި އަދި އެޢުމުރު ހޭދަ ކުރިގޮތާ ބެހޭގޮތުންނެވެ. އަދި އޭނަގެ ޢިލްމާއި އަދި އެޢިލްމަކަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނަގެ މުދަލާއި އަދި އެމުދާ ހޯދިގޮތާ އަދި އެމުދާ ހޭދަކުރިގޮތާ ބެހޭގޮތުންނެވެ. އަދި އޭނަގެ ހަށިގަނޑާއި އަދި އެހަށިގަނޑު ބޭނުންކުރިގޮތާ ބެހޭގޮތުންނެވެ.”

 މިހެންވެ އަބުއްދަރްދާއު ރަޞިޔަﷲ ޢަންހު ކިބައިން ވާރިދުވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ހަމަކަށަވަރުން ޤިޔާމަތްދުވަހު ހުރިހާ ޚަލްގުތަކުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނުގެ ރައްބު ތިމަން ކަލޭގެފާނަށް ގޮވާލައްވައި، ތިމަންކަލޭގެފާނު އުނގެނުނު ޢިލްމާއި އެއްގޮތަށް ޢަމަލުކުރީ ކިހާވަރަކަށްތޯ ސުވާލުކޮށްފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަންނަމެވެ.”

ހަމަކަށަވަރުން މިއީ ބިރުވެރިވެގެންވާ މަގާމެކެވެ. ޤިޔާމަތްދުވަހުގެ ނާމާންކަމުގެ ތެރޭގައި ކޮންމެ އިންސާނަކުވެސް އޭނާ ޙާޞިލްކުރި ޢިލްމަކާއި އެޢިލްމަކަށް ޢަމަލުކުރި ގޮތާ ބެހޭ ގޮތުން ސުވާލު ކުރެވޭނެއެވެ. އެއީ ޢިލްމު ޙާސިލް ކުރުމުގެ މަޤްޞަދަކީ އެޢިލްމަކާ އެއްގޮތަށް ޢަމަލުކުރުންކަމުގައި ވާތީއެވެ.

އޭ ﷲގެ ނިކަމެތި އަޅުތަކުންނޭވެ! ތިބާއަށް ﷲގެ ރަޙުމަތުން އެކަލާނގެ ދެއްވި ޢިލްމަށް ތިބާ ޢަމަލު ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟ މިއަދު ދުނިޔޭގައި ތިބާއަށް މިސުވާލަށް ޖަވާބު ނުދެވޭނަމަ ގިޔާމަތްދުވަހުގެ ބިރުވެރިކަމުގެ ތެރޭގައި ތިބާއަށް މިސުވާލަށް ޖަވާބު ދެވޭނެ ހެއްޔެވެ؟

=ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ