[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަ ފުއްސެވޭކަންތައްތައް – 2

48787

توبة ވުމާއި ގުޅޭގޮތުން އައިސްފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘް :

1-      ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ توبة ވާމީހާއެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެންއައިސްފައިވާ ޙަދީޘެއްގައި ވެއެވެ.

قال رسول الله صلى الله عليه وسلم : “كل بنى آدم خطاء و خير الخطائين التوابون” رواه الترمذي (2499)، وابن ماجة (4251) قال الحافظ سنده قوي، والدارمي، وأحمد. وحسنه الألباني.

މާނައީ: ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކޮންމެ އާދަމުގެދަރިއަކީވެސް ކުށްކުރެވޭމީހެކެވެ. ކުށްކުރެވޭމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހާއަކީ توبة ވާމީހާއެވެ.”

2-      توبة ވާ މީހާއީ އެއްވެސް ކުށެއްނުކުރާ މީހެއްފަދައެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

“التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ”  أخرجه ابن ماجه (4250)، والطبراني، وحسنه الباني.

މާނައީ: “ފާފައިން توبة ވާ މީހާއީ އެއްވެސްފާފައެއް ނުކުރާފަދަ މީހެކެވެ.”

3-      توبة ވުމަކީ، ފާފަތަކުގެ ސަބަބުން ހިތުގައިޖަހާ މިލަތަކުން ސާފުކޮށްދޭ ކަމެކެވެ. އަބޫ ހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

“إِن العَبْد إِذا أَخطَأ خَطِيئَة نكتت فِي قلبه نُكْتَة سَوْدَاء ، فَإِذا هُوَ نزع واستغفر وَتَابَ صقل قلبه ، وَإِن عَاد زيد فِيهَا حَتَّى تعلو قلبه ، وَهُوَ الران الَّذِي ذكر الله {كلا بل ران على قُلُوبهم مَا كَانُوا يَكْسِبُونَ} رواه الترمذي (3334) و قال حديث حسن صحيح، وابن ماجة (4244)، و الحاكم  من حديث أبي هريرة، و قال صحيح علي شرط مسلم.

      މާނައީ: “ފަހެ، އަޅަކު ފާފައެއް ކޮށްފިކަމުގައިވާނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއްޖެހިދެއެވެ. އޭނާ، އެފާފައަކުން ދުރުވެ އަސްތަޣްފާރުކޮށް، توبة ވެއްޖެނަމަ އޭނާގެ ހިތް ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އެތިކި އިތުރުވެ އެވެ. މިގޮތަށް އޭނާގެ ހިތް ކަޅުކުލައިގެ ތިކިތަކަކުން ފުރިއްޖައުމަށް ދާނދެނެވެ. އެއީ ﷲތަޢާލާ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ “الران” އެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު  ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.”

4-      ދުވާލު ފާފަކުރެވޭ މީހުންގެ توبة އަށް އެއިލާހުގެ އަތްޕުޅު ރޭގަނޑު ފަތުރާލައްވައެވެ. ހަމަ އެބީދައިން ރޭގަނޑު ފާފަކުރެވޭ މީހުންގެ توبة އަށް ދުވާލު އެއިލާހުގެ އަތްޕުޅު ފަތުރާލައްވައެވެ.

“إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، وَيَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا” رواه مسلم (2759).

     މާނައީ: “ހަމަކަށަވަރުން ރޭގަނޑު ފާފަކުރާމީހުން توبة ވުމަށްޓަކައި،  ﷲ ތަޢާލާ އެއިލާހުގެ އަތްޕުޅު ދުވާލު ފަތުރާލައްވައެވެ. އަދި ދުވާލު ފާފަކުރާމީހުން توبة ވުމަށްޓަކައި އެއިލާހުގެ އަތްޕުޅު ރޭގަނޑު ފަތުރާލައްވައެވެ. މިގޮތުގައި އިރު ހުޅަނގުފަރާތުން އަރައްޖައުމަށް ދާނދެން ދެމިވޮޑިގެންވެއެވެ.”

5-      މަރު ނޭވާ ހޮޅިއަށް އެޅުމުގެ ކުރިން توبة ވެއްޖެނަމަ ﷲތަޢާލާ އޭނާގެ ތައުބާ ގަބޫލުކުރައްވައެވެ.

“إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ” رواه الترمذي (3537) و قال حديث حسن غريب، وابن ماجة (4253)، و أحمد، و الحاكم  ، و قال صحيح الإسناد ولم يخرجاه ووافقه الذهبي.

     މާނައީ: “ނޭވާ ހޮޅިއަށް އެޅުމުގެ ކުރީން توبة ވެއްޖެ ކަމުގައިވާނަމަ އަޅާގެ توبة ﷲތަޢާލާ ޤަބޫލު ކުރައްވާކަން ކަށަވަރެވެ.”

6-  توبة ގެ ދޮރު ހުޅަނގުފަރާތުން އިރުއަރަށްޖައުމަށް ދާންދެން ހުޅުވިގެންވެއެވެ.

“للجنة ثمانية أبواب، سبعة مغلقة و باب مفتوح للتوبة حتى تطلع الشمس من مغربها” رواه أبو يعلى و الطبراني بإسناد جيد.

މާނައީ: “ސުވަރުގޭގައި 8 ދޮރުކޮޅެއްވެއެވެ. 7 ދޮރުކޮޅު ވަނީ ލެއްޕިގެންނެވެ. އަދި توبة އަށްޓަކައި ވާ ދޮރުކޮޅުވަނީ ހުޅުވިގެންނެވެ. ހުޅަނގުފަރާތުން އިރުއަރައްޖައުމަށް ދާނދެނެވެ.”

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

“مَنْ تَابَ قَبْل أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللهُ عَليْه” رواه مسلم (2703)

މާނައީ: “ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން توبة ވެއްޖެ އަޅަކަށް ﷲތަޢާލާ ތައުބާލައްވަތެވެ”

7-      ﷲތަޢާލާ އެއިލާހުގެ އަޅަކު توبة ވެއްޖެނަމަ އުފާވެވޮޑިގަންނަވައެވެ.

“لله أفرح بتوبة العبد من رجل نزل منزلا وبه مهلكة، ومعه راحلته عليها طعامه وشرابه، فوضع رأسه فنام نومة فاستيقظ وقد ذهبت راحلته، حتى اشتدَّ عليه الحرُّ والعطش أو ما شاء الله، قال: أرجع إلى مكاني، فرجع فنام نومة، ثم رفع رأسه فإذا راحلته عنده.” رواه البخاري (6308)، ومسلم (2744).

މާނައީ: “ފިރިހެނަކު އޭނާގެ، ކޮއްތާއި ބޯތަކެއްޗާއި އަރުވާފައިވާ ސަވާރީއާއެކު މަންޒިލަކަށް ފައިބެ، އޮށޯވެ ނިދާފައި ހޭލެވުނު އިރު އޭނާގެ ސަވާރީ ގެއްލި ހޫނުގަދަވުމާއި، ކަރުހިއްކުމުގެ ސަބަބުން އޭނާއަށް ދަތިވެފައިވާ ހާލު، ނުވަތަ ﷲތަޢާލާ މެދުވެރިކުރެއްވި އެނޫންވެސް ކަމެއް މެދުވެރިވެ، މާޔޫސްވެފައިވާ ހާލު ކުރީންވެސް އޮށޯވެ އޮތްތަނަށް އެނބުރިއައިސް ނިދައި ހޭލިއިރު އޭނާގެ ސަވާރީ އޭނާގެ ގާތުގައި ވަނިކޮށް ފެނުމުން އޭނާ އުފާކުރާވަރަށްވުރެ ބޮޑަށް ﷲތަޢާލާ، އަޅަކު توبة ވުމުން އުފާވެވޮޑިގަންނަވައެވެ.”

8-      މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަން ޢަމަލީގޮތުން ދައްކުވައިދެއްވާފައެވެ. އިސްވެގޮސްފައިވާ ފާފަތަކާއި، ފަސްވެފައިވާ ފާފަތައްވެސް ފުއްސެވިގެންވާހާލުގައެވެ.

“وَاللهِ إِنِّي لأَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةً” رواه البخاري (6307).

            މާނައީ: “ﷲތަޢާލާ ގަންދީބުނަމެވެ. ތިމަންކަލޭގެފާނު ކޮންމެ ދުވަހަކު 70 ފަހަރަށްވުރެ ގިނައިން ﷲތަޢާލާއަށް އަސްތަޣްފާރުކޮށް توبة ވެ ވަޑައިގަންނަވަމެވެ.” އަދި މުސްލިމްގެ ރިވާޔަތުގައި އައިސްފައިވަނީ ސަތޭކަފަހަރު توبة ވެ ވަޑައިގަންނަވާ ވާހަކައެވެ.

– ނުނިމޭ-

މި ލިޔުމުގެ އިތުރު ބައިތައް ވިދާޅުވުމަށް