عَنْ جَابِرٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( لاَتَأْكُلُوا بِالشِّمَالِ فَإِنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ )). [رَوَاهُ مُسْلِمُ]
ޙަދީޘްގެ މާނަ :
ﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ތިޔަބައިމީހުން ވާތުން ނުކާށެވެ. ހަމަކަށަވަރުން ވާއަތުން ކަނީ ޝައިޠޯނާއެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް މުސްލިމްއެވެ.
މިޙަދީޘުންލިބޭ ބައެއްފައިދާ ތައް:
* މިޙަދީޘުން ދޭހަވެގެންވާގޮތުގައި މުސްލިމުން ކެއުމާއި ބުއިމުގައި ބޭނުންކުރުން ވާޖިބުވެގެން ވަނީ ކަނާއަތެވެ.
* ވާއަތުން ކެއުމަކީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ނަހީކުރައްވާފައިވާކަމެއްކަން ހާމަވެއެވެ.
* ޝައިޠޯނާ ކައިބޮއިއުޅެނީ ވާއަތުންކަން ޙަދީޘްގެ ނައްސުން ޘާބިތުވެއެވެ.