عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( المؤْمِنُ القَوِيُّ خَيْرٌ وَأَحَبُّ إِلَى الله مِنَ المؤْمِنِ الضَعِيْفِ… )). [رَوَاهُ مُسْلِمُ]
ޙަދީޘްގެ މާނަ :
ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “[އީމާންތެރިކަން] ވަރުގަދަ މުއުމިނު އަޅާ، [އީމާންތެރިކަން] ބަލިކަށި މުއުމިނު އަޅާއަށްވުރެ މާތް ﷲގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް މުސްލިމެވެ.
މިޙަދީޘުން ލިބޭ ބައެއްފައިދާ :
* އީމާންތެރިކަން ވަރުގަދަ މުއުމިނު އަޅާ ﷲގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާކަން ދޭހަވެއެވެ.
* ﷲގެ ރުއްސެވުން ހާސިލުކުރުމަށްޓަކައި އީމާންތެރިކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ހާމަވެއެވެ.
* އީމާންތެރިކަމަކީ އިތުރުވެ މަދުވާ އެއްޗެއްކަން މިޙަދީޘްގެ އަލީގައި ހާމަވެގެންދެއެވެ.