[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 20

hadis

عَنْ أَنَسٍ رَضِيَ الله عَنْهُ عَنِ النَّبِيِّ صَلَّى الله عَلَيْهِ وَسَلَّمَ قَالَ : (( يَتْبَعُ المَيِّتَ ثَلاثَةٌ : أَهْلُهُ وَمَالُهُ وَعَمَلُهُ . فَيَرْجِعُ اثْنأنِ، وَ يَبْقَى وَاحِدٌ : يَرْجِعُ أَهْلُهُ وَمَالُهُ، وَيَبْقَى عَمَلُهُ.)) [مُتَّفَقٌ عَلَيْهِ]

މިޙަދީޘްގެ މާނަ:

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަނަސް ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިން އެއްޗެއް މައްޔިތާގެ ފަހަތުން އާދެއެވެ: އޭނާގެ ގާތްތިމާގެ މީހުންނާއި، އޭނާގެ މުދަލާއި، އޭނާގެ ޢަމަލުތަކެވެ. ފަހެ ދެ އެއްޗެއް އެނބުރި ދެއެވެ. އަދި އެކަތި އޭނަޔާއި ވަކިނުވެ ހުންނާނެއެވެ. އޭނާގެ ގާތްތިމާގެމީހުންނާއި އޭނާގެ މުދާ އެނބުރިދެއެވެ. އަދި އޭނާގެ އަމަލުތައް އޭނަޔާއި ވަކިނުވެ ހުންނާނެއެވެ.

މިޙަދީޘް ގެންނަވާފައިވަނީ އިމާމް ބުޚާރީއާއި މުސްލިމެވެ.

މިޙަދީޘުންލިބޭ ބައެއްފައިދާތައް :

* ދުނިޔޭގައިލިބޭ ކުޑަދުވަސްކޮޅުގައި ހެޔޮޢަމަލުތައް ގިނައިން ކުރުމުގެ މުހިއްމުކަން ފާހަގަވެއެވެ.

* ދުނިޔޭގައި ތިމާ ކިތަންމެ ގިނަ މުދާތަކާއި ދަރިންނެއް ހޯދިނަމަވެސް މަރުވެގެން ދާންޖަހޭނީ ކުރެވިފަހުރި ޢަމަލަކާއިގެންކަން ދޭހަވެއެވެ.

* ޤިޔާމަތްދުވަހަކީ ޔަޤީނުންވެސް އަންނާނެ ދުވަހެއްކަން ދަނެ، އެދުވަހައް ތައްޔާރުވުމަށް ގަދައަޅާމަސައްކަތް ކުރުމުގެ މުހިންމުކަން އެނގެއެވެ.