عَنْ عُثْمَانَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( مَنْ بَنَى لله مَسْجِداً، بَنَى الله لَهُ بَيْتاً في الجَنَّةِ )). [رواه مسلم]
މިޙަދީޘްގެ މާނަ :
ޢުޘްމާނު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ﷲ ތަޢާލާއަށްޓަކައި މިސްކިތެއް ބިނާކޮށްފިމީހަކަށް، ސުވަރުގޭގައި އެކަލާނގެ އެމީހަކަށް ގަނޑުވަރެއް ބިނާކޮށްދެއްވައެވެ.”
މިޙަދީޘް ގެންނަވާފައިވަނީ އިމާމް މުސްލިމެވެ.
މިޙަދީޘުންލިބޭ ބައެއް ފައިދާ :
* ﷲ އަށް އަޅުކަންކުރާނެ މިސްކިތްތަކެއް ބިނާކުރުމުގެ ފައިދާ މިޙަދީޘުން ދަލީލުކޮށްދެއެވެ.
* މިސްކިތެއް ބިނާކުރުމުގައިވެސް އަދި އެހެން ހެޔޮކަމެއް ކުރުމުގައިވެސް އިޚްލާސްތެރިކަމާއެކު އެކަމެއް ކުރުމަށް ދީން ބާރުއަޅާމިންވަރު ފެނިގެއްދެއެވެ.
* ﷲ އަށްޓަކައި ހެޔޮކަމެއް ކޮށްފިމީހަކަށް އެކަމުގެ ޖަޒާ މާ ފުރިހަމަގޮތުގައި ދެއްވާކަންވެސް މިޙަދީޘުން ދަލީލުކޮށްދެއެވެ.