عَنْ عَبْدِ الله بْنِ مَسْعُودٍ رَضِيَ الله عَنْهُ قَالَ : (( سَأَلْتُ رَسُوْلَ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : أَيُّ العَمَلِ أَحَبُّ إِلَى الله؟ قَالَ : (( الصَلاَةُ عَلَى وَقْتِهَا )). قُلْتُ : ثُمَّ أَيُّ؟ قَالَ : (( بِرُّ الوَالِدَيْنِ )). قُلْتُ : ثُمَّ أَيُّ؟ قَالَ : (( الجِهَادُ فِيْ سَبِيْلِ الله )). [ متفق عليه ]
ޙަދީޘްގެ މާނަ :
ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހުން ސުވާލު ދެންނެވީމެވެ. ﷲ ތަޢާލާގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބާތޯއެވެ. ޙަދީޘްކުރެއްވިއެވެ. “ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.” ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ. ޙަދީޘްކުރެއްވިއެވެ. “މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ.” ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ. ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމެވެ.”
މިޙަދީޘް ގެންނަވާފައިވަނީ އިމާމްބުޚާރީ އާއި މުސްލިމެވެ.
މިޙަދީޘުން ލިބޭ ބައެއް ފައިދާ:
* އިސްލާމްދީނުގައި ނަމާދު ޤާއިމުކުރުމަށާއި ނަމާދަށް ދެއްވާފައިވާ އަހައްމިއްޔަތުކަމާއި، ނަމާދަށް ރައްކާތެރިވުމުގެ މުހިންމުކަން ހާމަވެއެވެ.
* މައިންބަފައިންނަށް އިޙްސާންތެރިވުމުގެ މުހިންމުކަމާއި، ﷲގެ މަގުގައި ޖިހާދުކުރުމަށް ދީނުގައި ބާރުއަޅާފައިވާކަން މިޙަދީޘުން ހާމަވެއެވެ.