ސޫރަތުލް ހޫދު
ހޫދު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް:
1. قال أبو بكر رضي لله عنه : یا رَسُوْلَ للهِ قَدْ شِبْتَ قَالَ : ((شَیَّبَتْنِيْ ” هُوْدٌ ” وَ “
الوَاقِعَةُ ” و” المُرْسَلَاتِ ” وَ” عَمَّ یَتَسَاءَلُوْنَ ” ، وَ” إِذَا الشَّمْسُ كُوِّرَتْ”))
[رواه الترمذي وصححه الألباني في صحیح الجامع / 3723].
މާނައީ: އަބޫބަކުރު رضي الله عنه، رسول ﷲ صلى الله عليه وسلمގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުގެ މުސްކުޅިފުޅުވެއްޖެކަން ކަށަވަރެވެ.” އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ މުސްކުޅި ކުރުވީ هُود ސޫރަތާއި، وَاقِعَةُ ސޫރަތާއި، عَمَّ يَتَسَاءَلُون އާއި އަދި إِذَا الشَّمْسُ كُوِّرَت އެވެ. “ [1]
2. قال صلى الله عليه وسلم: ((شَيَّبَتْنِيْ هُوْدٌ وَأَخَوَاتُهَا قَبْلَ المشيبِ)) [((صحيح)) صحيح الجامع الصغير / 3721]
މާނައީ: رسول ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު މުސްކުޅި ޢުމުރަށް ދިޔުމުގެ ކުރިން، ހޫދު ސޫރަތާއި އަދި އެފަދަ އެހެނިހެން ސޫރަތްތަކުގެ ތިމަންކަލޭގެފާނު މުސްކުޅިކުރުވައިފިއެވެ. “
3. قال صلى الله عليه وسلم: ((شَيَّبَتْنِيْ هُوْدٌ وَأَخَوَاتُهَا مِنَ الْمُفَصَّلِ)) [((صحيح)) صحيح الجامع الصغير / 3722]
މާނައީ: رسول ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. “ހޫދު ސޫރަތާއި، މުފައްޞަލުގައި ހިމެނޭ އެފަދަ އެހެނިހެން ސޫރަތްތައް ތިމަންކަލޭގެފާނު މުސްކުޅިކުރުވައިފިއެވެ.” [2]
4. قال صلى الله عليه وسلم ((قد شيبتني هود وأخواتها)) [((صحيح)) صحيح الشمائل المحمدية / 35]
މާނައީ: رسول ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. “ހޫދު ސޫރަތާއި އެސޫރަތްފަދަ އެހެނިހެން ސޫރަތްތައް ތިމަންކަލޭގެފާނު މުސްކުޅި ކުރުވައިފިކަން ކަށަވަރެވެ.”
ހޫދު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:
1. ((شَيَّبَتْنِيْ هُوْدٌ وَأَخَوَاتُهَا وَمَا فُعِلَ بِالأُمَمِ قَبْلِي)) [((ضعيف)) ضعيف الجامع الصغير / 3421]
މާނައީ: “ތިމަން ކަލޭގެފާނު މުސްކުޅިކުރުވީ ހޫދު ސޫރަތާއި އެފަދައެހެން ސޫރަތްތަކާއި، ތިމަންކަލޭގެފާނުގެ ކުރީގެ އުންމަތްތަކާމެދު ކަންތައް ކުރެވިފައިވާ ގޮތެވެ.”
2. ((شَيَّبَتْنِي هُوْدُ وَأَخَوَاتُهَا: الْوَاقِعَةُ، وَالحَاقَّةُ، وَإِذَا الشَّمسُ كُوِّرَت)) [((ضعيف)) ضعيف الجامع الصغير / 3419]
މާނައީ: “ހޫދު ސޫރަތާއި އެސޫރަތްފަދަ ސޫރަތްތައް ކަމުގައިވާ: وَاقِعَةُ ސޫރަތާއި، حَاقَّةُ ސޫރަތާއި އަދި إِذَا الشَّمسُ كُوِّرَت ތިމަންކަލޭގެފާނު މުސްކުޅި ކުރުވައިފިއެވެ.”
3. ((اقْرَؤُوا سُورَةَ هُودٍ يَوْمَ الجُمُعَةِ)) [((ضعيف)) ضعيف الجامع الصغير / 1070]
މާނައީ: “ތިޔަބައިމީހުން ހުކުރު ދުވަހު ހޫދު ސޫރަތް ކިޔަވާށެވެ.”
4. ((شَيَّبَتْنِي سُورَةُ هُودٍ وَأَخَوَاتُهَا: الْوَاقِعَةُ، والقَارِعَةُ وَالحَاقَّةُ، وَإِذَا الشَّمسُ كُوِّرَتْ، وَسَأَلَ سَائِلٌ)) [((ضعيف)) ضعيف الجامع الصغير / 3418]
މާނައީ: “ހޫދު ސޫރަތާއި އެސޫރަތްފަދަ ސޫރަތްތައްކަމުގައިވާ: وَاقِعَةُ ސޫރަތާއި، قَارِعَةُ ސޫރަތާއި، حَاقَّةُ ސޫރަތާއި، إِذَا الشَّمسُ كُوِّرَت(ތަކްވީރު ސޫރަތް) އަދި سَأَلَ سَائِلٌ (މަޢާރިޖް ސޫރަތް) ތިމަންކަލޭގެފާނު މުސްކުޅި ކުރުވައިފިއެވެ.”
5. ((شَيَّبَتْنِي هُودٌ وَأَخَوَاتُهَا: ذِكْرُ يَوْمِ الْقِيَامَةِ، وِقِصَصِ الأمَمِ)) [((ضعيف)) ضعيف الجامع الصغير / 3420]
މާނައީ: “ހޫދުސުރަތާއި އެސޫރަތްފަދަ އެހެނހެން ސޫރަތްތައް، ތިމަންކަލޭގެފާނު މުސްކުޅި ކުރުވައިފިއެވެ. (އެއީ އެސޫރަތްތަކުގައި) ޤިޔާމަތްދުވަސް ޛިކުރުކުރެވިފައިވުމާއި (އިހުގެ) އުންމަތްތަކުގެ ވާހަކަ ޛިކުރު ކުރެވިފައިވާތީއެވެ.”
=ނުނިމޭ=
މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
__________________________________________
[1] ޢަރަބި ބަހުގައި الشَّيْبُ ކިޔަނީ އިސްތަށި ނުރަވުމަށެވެ. ނަމަވެސް މިތާގައި މިލަފުޒު ‘މުސްކުޅި’ ގެ މާނައިގައި ތަރުޖަމާކޮށްފައިވާނީ ނަބިއްޔާ صلى الله عليه وسلم ގެ ތުނބުޅިފުޅުގައާއި އިސްތަށިފުޅުގައި ގިނަ ޢަދަދަކަށް ނުރަޖަހާފައިނުވާކަން ޘާބިތުވެފައިވާތީއެވެ. އެހެންކަމުން މިޙަދީޘް މާނަކުރެއްވުމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މިޙަދީޘްގެ މުރާދަކީ މުސްކުޅި ޢުމުރަށް ދިޔުމުގެ ކުރިން ބަލިކަށިކަން އެކަލޭގެފާނުގެ އަރިހުން ފާޅުވުމެވެ. އެއީ މިސޫރަތްތަކުގައިވާ ޤިޔާމަތްދުވަހުގެ ބިރުވެރިކަމުގެ ވާހަކައިގެ ސަބަބުންނެވެ. ބައްލަވާ: تحفة الأحوذي للمباركفوري / كتاب: تفسير القرآن / باب: ومن سورة الواقعة / مجلد: 9 / ص: 175 / طبعة: دار إحياء التراث العربي
[2] ق ސޫރަތުން ފެށިގެން الناس ސޫރަތުގެ ނިޔަލަށްވާ ސޫރަތްތަކަށް المُفَصَّلُ ސޫރަތްތަކުގެ ގޮތުގައި ނަންދެވިފައިވެއެވެ. ބައްލަވާ: فتح الباري لإبن حجر / كتاب: الأذان / باب: الجمع بين سورتين… / مجلد: 2 / ص: 687 / طبعة: دار طيبة