[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވުނު 10 ބޭކަލުން

ޢަބްދުއްރަޙްމާން އިބްނު ޢައުފްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

«أَبُو بَكْرٍ فِي الجَنَّةِ، وَعُمَرُ فِي الجَنَّةِ، وَعُثْمَانُ فِي الجَنَّةِ، وَعَلِيٌّ فِي الجَنَّةِ، وَطَلْحَةُ فِي الجَنَّةِ وَالزُّبَيْرُ فِي الجَنَّةِ، وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِي الجَنَّةِ، وَسَعْدٌ فِي الجَنَّةِ، وَسَعِيدٌ فِي الجَنَّةِ، وَأَبُو عُبَيْدَةَ بْنُ الجَرَّاحِ فِي الجَنَّةِ» [ رواه الترمذي (3747)، وصححه الألباني في مشكاة المصابيح (6118)]

މާނައީ: “އަބޫބަކުރު ވާހުށީ ސުވަރުގޭގައެވެ. ޢުމަރު ވާހުށީ ސުވަރުގޭގައެވެ. ޢުޘްމާން ވާހުށީ ސުވަރުގޭގައެވެ. ޢަލީ ވާހުށީ ސުވަރުގޭގައެވެ. ޠަލްޙާ ވާހުށީ ސުވަރުގޭގައެވެ. އައްޒުބައިރު ވާހުށި ސުވަރުގޭގައެވެ. ޢަބްދުއްރަޙްމާން ބުން ޢައުފް ވާހުށީ ސުވަރުގޭގައެވެ. ސަޢުދު (ބުން އަބީ ވައްޤާޞް) ވާހުށީ ސުވަރުގޭގައެވެ. ސަޢީދު (ބިން ޒައިދު) ވާހުށީ ސުވަރުގޭގައެވެ. އަދި އަބޫ ޢުބައިދާ ބިން އަލްޖައްރާޙު ވާހުށީ ސުވަރުގޭގައެވެ.”

މަތީގައި ބަޔާންވެގެންދިޔަ ހަދީޘްފުޅުގައި ނަންގަނެވިގެންދިޔަ 10 ބޭކަލުންގެ އިތުރުން (ޚަދީޖާ ބިންތު ޚުވައިލަދު، ޢަބްދުﷲ ބިން ސަލާމްފަދަ) އެހެން ބައެއް ބޭކަލުންނަށް ވެސް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު މިދުނިޔެ މަތީގައި ވަނީ ލިބިވަޑައިގެންފައެވެ. އެހެން ނަމަވެސް އެ 10 ބޭކަލުން، “ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވުނު 10 ބޭކަލުން” ގެ ގޮތުގައި މަޝްޙޫރުވެވަޑައިގަތީ އެއް ޙަދީޘެއްގައި އެ 10 ބޭކަލުންގެ ނަންގަނެވިގެން ދިޔުމުގެ ސަބަބުންނެވެ.