ކާފަރު ޤައުމުތަކަށް ކިޔަވަން ދިޔުމަކީ ކޮންކަހަލަ ކަމެއް ؟
އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޝަރުޢީ ޢިލްމަށެވެ. ޝަރުޢީ ޢިލްމުގެ ތެރެއިން ކޮންމެހެން އެނގެން ޖެޙޭ މިންވަރު ދެނެގެތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ. ދުނިޔަވީ ގޮތުން ފައިދާހުރި އެހެނިހެން ޢިލްމުތައް އުގެނިގަތުމަކީ ވެސް އިސްލާމްދީން ނުހަނު ހިތްވަރުދޭ ކަމެކެވެ. މިދުވަސްކޮޅަކީ ދީންދެކެ ލޯބިވާ ކުދީން ދުނިޔަވީ ޢިލްމު އުނގެނިގަތުމަށް ގޮވައިލެވޭ ގޮވައިލުންތަކުގެ ނަޢުރާގެ އަޑު ގަދަވެފައިވާ ދުވަސްކޮޅެކެވެ. މިގޮވައިލުމުގައި ހިތާއި ރޫޙުން އަޅުގަނޑުވެސް ބައިވެރިވަމެވެ. އެހެނީ މުސްލިމުންނަކީ އެބައިމީހުންގެ ރަންޒަމާނުގައި ހުރިހައި ރޮނގަކުންވެސް ކުރިއަރާފައި…